logoEN
cocacola
އުޅެއުޅެ ބިޓެއް ނުލިބުމުން ބިލްބޯޑުގައި އިސްތިހާރުކޮށްފި

އުޅެއުޅެ ބިޓެއް ނުލިބުމުން ބިލްބޯޑުގައި އިސްތިހާރުކޮށްފި

އަލްފާ އަލީ

logo

10/5/2022, 8:20:05 PM

# ހޮޅުއަށި

0_MAN-USES-BILLBOARD-TO-TRY-AND-FIND-LOVE

ލޯބީގައި ނާކާމިޔާބު ވުމަކީ ގިނަ ބަޔަކަށް ދިމާވާ ވަރަށް ހިތްދަތި އިހުސާސެކެވެ. މިއީ ދުވަހަކުވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައިނުވާ، އަދި ޑޭޓްވެސް ކޮށްފައިނުވާ މީހެއްގެ ވާހަކަ އެވެ. ބިޓެއް ހޯދަން މި ފިރިހެން މީހާ ކުރި ކަމަކީ މަގުމަތީގައި ބިލްބޯޑެއްގައި އަމިއްލައަށް 'އިޝްތިހާރު' ކުރަން ޖެހީ އެވެ.

ގޮސިޔާ

ވެސްޓް ޔޯކްސްގެ ލީޑްސް އަށް ނިސްބަތްވާ އެޑް ޗެޕްމަން، 23، އޭނާގެ މުޅި ހަޔާތުގައި ވެސް ސިންގަލްކޮށް ހުރި އިރު އޭނާ ބޭނުންވީ ހާމަކަން ބޮޑު ގޮތުގައި ނުކުމެ، ލޯބި ހޯދަން އޭނާ ކުރި މަސައްކަތުގައި ތަފާތު މަގެއް ބޭނުން ކުރުމަށެވެ.

ޑޭޓިން އެޕްތައް ފަދަ މަންސަތަކުންވެސް ނަސީބު ނުލިބުމުން އެޑް ނިންމީ ލީޑްސްގެ ބިޔަ ބިލްބޯޑެއްގައި އަމިއްލަ ނަފްސު ޕްރޮމޯޓްކުރުމަށެވެ. އެއީ އޭނާގެ ހަޔާތުގެ އެންމެ ފުރަތަމަ ޑޭޓް ލިބި ޑޭޓަކަށް ދެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އެޑް ބުނަނީ އުމުރުން 18 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންގެ ފަރާތުން އޭނާއަށް ގިނަ މެސެޖުތަކެއް ލިބެމުންދާ ކަމަށާއި މިހާރު އޭނާ އެންމެ ފުރަތަމަ ޑޭޓް ހަމަޖެއްސުމުގައި އަވަދިނެތި އުޅޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފުރަތަމަ ޑޭޓަށް ދާން އޭނާ ހުރީ ކެތްމަދުވެފައެވެ. އަދި ހުރީ ފުރަތަމަ ޑޭޓު ވަރަށް ފުރިހަމަ ވާނެ ކަމުގެ އުއްމީދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ