logoEN
cocacola
ޕީޕީއެމަށް އިތުރު 10،000 މީހުން ސޮއިކޮށްފި

ޕީޕީއެމަށް އިތުރު 10،000 މީހުން ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

10/5/2022, 7:08:05 PM

# އިދިކޮޅު ކޯލިޝަން

ައw

އިތުރު 10،000 މެންބަރުން އިދިކޮޅު ކޯލިޝަނުގެ މައިޕާޓީ ޕީޕީއެމްއާ ގުޅިއްޖެއެވެ.

ގޮސިޔާ

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު އެ މެމްބަރުންގެ ފޯމުތަށް އެލެކްޝަން ކޮމިޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއީ އެއްމަސްދުވަހުގެ ތެރޭ އެޕާޓީއާއި ގުޅުނު މެމްބަރުން ކަމަށް ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މި ފޯރމުތަށް ހަވާލުކުރީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާއި އެވެ.

މިކަމާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަވާލުކުރި 10،000 ފޯރމުން ބުނެދެނީ ރައީސް ޔާމީނަށް ރައްޔިތުން ކުރައްވާ އިތުބާރާއި ތާއީދު ކަމަށެވެ.

ޕީޕީއެމްއަށް މިފަހުން ގިނަ ބަޔަކު ސޮއި ކުރަމުން އަންނައިރު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެކި ރަށްރަށުގައި ވެސް ޕީޕީއެމުން އަންނަނީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ