
އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި
# ބ. ތުޅާދޫ# އެމްއެންޑީއެފް8A5DD08D-CE7E-408B-99E4-D4F1DE8937F0
ބ. ތުޅާދޫ ސަރަހައްދުން އުޅަނދެއްގެ ބައެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ރޭ ބުނެފައިވަނީ ބ.ތުޅާދޫގެ ހުޅަނގު އުތުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.
އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ، އެ ސަރަހައްދުން އިރުދެކުނަށް ކަމަށާއި އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއ،ި އަދި ހާއްސަކޮށް މިސަރަހައްދުން ރޭގަނޑު ދަތުރު ކުރައްވާނަމަ، ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ







