
-
ފުވައްމުލައް ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި ރޯވެއްޖެ އެވެ.

ސިފައިން މިއަދު ބުނީ ފުވައްމުލައް ސިޓީ، ފައުންޑޭޝަން ސްކޫލު ކައިރީގައި ހުރި ވެހިކަލްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފުވައްމުލައް ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 12:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލައް ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވެހިކަލްތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 12:50 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
ގުޅުންހުރި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ




