
ތުޅާދޫއާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
# ތ.. ވިލުފުށި# ބ. ތުޅާދޫ# ހައުސިންގ ޔުނިޓް-
ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. ފުރަތަމަ ހުޅުވާލި މުއްދަތު މިއަދަށް ހަމަވުމުން، އެ ވުޒާރާއިން މިހާރު މިވަނީ މި މުއްދަތު އިތުރުކޮށްދީފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ. މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި 347 އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ތުޅާދޫއާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތުޅާދޫ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ ހުރިހާ މަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް އަންނަ މަހު ކުރިމަތިލާން ހުޅުވާނީ
.jpeg&w=3840&q=75)
ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއްކުރަމުންދާ އެއާޕޯޓްގެ އުންމީދު ހަގީގަތަކަށް ހަދައިދޭނަން - ރައީސް




