
-
ވ. ކެޔޮދޫ ކައިރިން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި ޚާއްސަ އޮޕަރޭޝަންގައި ގެއްލުނު ދެ މީހުން ހޯދުމަށް ވަރަށް ބޮޑު ސަރަޙައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާރިޗު 20ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު ކެޔޮދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ވައިގެ މަގުން 2,544 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.
އަދި ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، ކަނޑު އަޑިން (ޑައިވް ކޮށްގެން) 253,662.6 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާއިރު، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް އަންގަވައި ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި
ވަލެއް އައްސަން މޫދަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ




