
viber_image_2022-10-04_09-18-53-281
ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕެއް ހެދުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގުޅުންހުރި

މީދޫ އެފްއެސްއެމް ޝެޑަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި

އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން 'އަސްލު ޓީވީ' އިން ފެތުރި ޚަބަރު އެމްޓީސީސީން ދޮގުކޮށްފި




