ފެކްޓްޗެކް: އަމީނީމަގު މަރާމާތު ފެށުމުގެ ކުރިން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް އެމްޓީސީސީން ހާމަކުރި
# އެމްޓީސީސީ# އަމީނީމަގުއެމްޓީސީސީގެ ބަސްތަކެއް ----
އަމީނީމަގުގެ މަރާމާތު މަސައްކަތާއެކު، އެމްޓީސީސީ ބަސް ދަތުރުތަކަށް ވާނުވާ ނޭނގި ރައްޔިތުންނަށް "ދަތިވެއްޖެ" ކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ވަނީ ވީޑިއޯ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބުނެދޭން މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީން ން ބަސް ރޫތުތަކަށް އަންނާނެ ބަދަލުތައް ހާމަކޮށްފައި ނުވާ ކަމަށާއި އަދި މިކަމާ ގުޅިގެން ރައްޔިތުން ތިބީ ވާނުވާގައި ކަމަށެވެ.

ނަމަވެސް، ކަމުގެ ހަގީގަތް ހޯދައިބަލާލަމާ ހެއްޔެވެ؟ މިމަސައްކަތް ފެށުމުގެ ކުރިން، މަރާމާތުގެ މަސައްކަތަށް އަމީނީމަގެ ބައެއް ބަންދުކުރުމާ ގުޅިގެން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފައިވާކަން އެމްޓީސީސީން ވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. ސޯޝަލްމީޑިއާ އަދި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ބަދަލުތައް އެ ކުންފުނިން ދުރާލާ ހިއްސާކުރިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި، އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުކުރުމަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރުމުން، އެކުންފުނިން ފޯރުކޮށްދޭ ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެމްޓީސީސީއިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 އޯކިޑް ރޫޓް ދަތުރުތައް ފައްޓާއި ނިންމާނީވެސް ވެސްޓު ޕާރކު ބަސް ސްޓޮޕަށެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.
އަމީނީމަގު ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓަރމިނަލްއަށްކަމަށް ބުންޏެވެ.






