logoEN
cocacola
ލޯބިވެރިޔާގެ ބޭވަފާތެރިކަން ފަޅައިއަރުވާލީ "އެލެކްސާ"

ލޯބިވެރިޔާގެ ބޭވަފާތެރިކަން ފަޅައިއަރުވާލީ "އެލެކްސާ"

އަލްފާ އަލީ

logo

10/3/2022, 6:54:29 PM

# ހޮޅުއަށި

1_Amazon-Inc-Unveils-New-Products

ލޯބިވެރިޔާގެ ބޭވަފާތެރިކަން ގޭގައި ގެންގުޅުނު ސްމާޓް ސްޕީކަރ، އެލެކްސާއިން ފަޅާއަރުވައިލައިފިއެވެ.

ގޮސިޔާ

އެމޭޒަން ސްޕީކަރއިން ހޯދި ރެކޯޑިންގތަކުގެ އަންހެނަކަށް އޭނާގެ ލޯބިވެރިޔާ ބޭވަފާތެރިވެފައިވާކަން ސާބިތުވި ގޮތް އެ އަންހެން މީހާ ކިޔައިދީފައިވަނީ ޓިކްޓޮކް ވީޑިއޯއެއްގައެވެ.

ގިނަ މީހުންނަށް އަތްފޯރާ ފަށުގައި ވޮއިސް ކޮންޓްރޯލް ފީޗާސްތަކާއި ކޮލިޓީ ސައުންޑްގެ ސްމާޓް ސްޕީކަރުތައް ގަންނަން ލިބެން ހުރެއެވެ. އެމޭޒަންގެ ވޮއިސް އެސިސްޓެންޓް އެލެކްސާ އަކީވެސް އެފަދަ އާލާތެކެވެ. މި ސްމާޓް ޑިވައިސްތަކަކީ ތިބާގެ ގޭތެރެއިން އިވޭ އަޑުތައްވެސް ރެކޯޑް ކުރާކަން އެނގެނީ މަދު މީހަކަށެވެ.

ޖެސިކާ ލޯމަން ނަމަކަށް ކިޔާ މީހަކަށްވެސް އޭނާގެ ލޯބިވެރިޔާގެ ހަގީގަތް ފަޅާއަރުވައިލީ އެލެކްސާ ޑިވައިސް އަކުންނެވެ. އެ އަންހެން މީހާ ޓިކްޓޮކުގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އޭނާގެ ކުރީގެ ބައިވެރިޔާ އެހެން އަންހެނަކާ މެދު ދެކޭ ގޮތް ހާމަކޮށްފައެވެ.

ޖެސިކާގެ ވީޑިއޯގައި އޭނާގެ އެލެކްސާ އެކައުންޓްގެ ސްކްރީން ރެކޯޑިންއެއް ތަފްސީލުކޮށްދީފައިވާ އިރު، އެ ޑިވައިސް އިން ހޮވާފައިވާ އަޑުތަކުގެ ވަކިވަކި ކްލިޕްތައް ވަކި ވަކިން އަޑުއަހާލެވެ އެވެ. އޭނާ ހޯދާފައިވާ ރެކޯޑިންތަކުން އިވެނީ ޖެސިކާގެ ކުރީގެ ލޯބިވެރިޔާ ގެ އިތުރުން ސްމާޓް ސްޕީކަރަށް އެހެން އަންހެނަކު ހަޅޭލަވާ އަޑުތަކެއް ރެކޯޑުވެފައެވެ.

އެ އަންހެން މީހާ ކްލިޕްގެ ކެޕްޝަންގައި ލިޔެފައި ވަނީ "މިއީ އަޅުގަނޑުގެ ކުރީގެ ލޯބިވެރިޔާގެ މަކަރުވެރިކަން ހޯދި ގޮތް. އަހަންނަކަށްވެސް ނޭނގޭ މީގެ ކުރިން މިފަދަ އަޑުތައްވެސް އެލެކްސާ ރެކޯޑު ކުރާ ކަމެއް" މިހެންނެވެ.

އޭގެ ފަހުން މި ވީޑިއޯ ވައިރަލްވެ، 2.6 މިލިއަން ވިއުސް އެއްކުރަމުން އަންނައިރު، އެލެކްސާގެ އެ ފަންކްޝަނާ ގުޅިގެން އެހެން އަންހެނުން އަންތަރީސްވެ، އެމީހުންގެ ބޯއިފްރެންޑުންގެ މައްޗަށް އެ ވީޑިއޯގެ ޓްރެންޑް ޓްރައި ކުރަން އުޅޭ ކަމަށް ބުނެ މަލާމާތުގެ ރާގެއްގައި ވެސް ވާހަކަ ދެއްކި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ