logoEN
Sto top
ދެކުނު ސަރަޙައްދުގެ ކަސްޓަމްސް އޮފިސަރުންނަށް ޚާއްޞަ ތަމްރީނެއް ބާއްވައިފި

ދެކުނު ސަރަޙައްދުގެ ކަސްޓަމްސް އޮފިސަރުންނަށް ޚާއްޞަ ތަމްރީނެއް ބާއްވައިފި

އަލްފާ އަލީ

logo

10/7/2024, 4:19:55 AM

# ކަސްޓަމްސް

-

އައްޑޫ ސިޓީގެ މަރަދޫގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ދެކުނު ސަރަޙައްދުގެ ކަސްޓަމްސް އެންފޯސްމަންޓް އޮފިސަރުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

Wamco

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ނެޝަނަލް އިމްޕްލިމެންޓޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް (ސައިޓްސް) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މި މުޢާހަދާގެ ދަށުން ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ބެލެހެއްޓުމާއި ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ކުރެވެއެވެ.

މި ފަދަ ތަމްރީނު ޕްރޮގްރާމްތަކުން ކަސްޓަމްސް އޮފިސަރުންނަށް އެ ބޭފުޅުންގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ދެކުނު ސަރަޙައްދުގެ އެކި ރަށްރަށުން ޖުމްލަ 25 ކަސްޓަމްސް އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside