![ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2F235742_3_7f549012fff2811c94fb5bbab904ef16432858bb_medium.jpeg&w=3840&q=75)
ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
# އެމެރިކާ# ތޫފާން އިއާން# މިނިސްޓަރ ޝާހިދު235742_3_7f549012fff2811c94fb5bbab904ef16432858bb_medium
ތޫފާން އިއާންގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ ބްލިންކެންއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިނިސްޓަރު ފޮނުއްވި މެސެޖުގައި، ތޫފާން އިއާންގެ ސަބަބުން އެމެރިކާގެ އެކި ހިސާބުތަކަށް ލިބުނު ގެއްލުންތަކުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް، މި ޙާދިޘާގައި ގެއްލުން ލިބުނު އެމެރިކާގެ ރައްޔިތުންނަށާއި، މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް މިނިސްޓަރުގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
މި ދަނޑިވަޅުގައި، އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެފަރާތްތަކަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފައ އެވެ.