
FeDFFuIaMAA017c
ތ. ވޭމަންޑޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 26 އިން 28 އަށެވެ.
ވޭމަންޑޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ދަށުން އެ ރަށުގެ 497 ގެއަކަށް މި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، މި މަސައްކަތުގެ ދަށުން ވޭމަންޑޫގައި 10.31 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ތިން ޕަމްޕް ސްޓޭޝަން ބަހައްޓާފައިވެއެވެ.
ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ހިދުމަތް ދޭން ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން އަންނަކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.


.jpeg&w=3840&q=75)


