logoEN
WAMCO TOP 1
އެންމެ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އެންމެ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އަހުމަދު ޝުރާއު

logo

4/7/2026, 5:51:02 AM

# ތ. ވޭމަންޑޫ

-

އެންމެ 23 ދުވަހުގެ ތެރޭގައި ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ތ ވޭމަންޑޫގެ ބިން ހިއްކުން ނިމިފައިވާކަން ހާމަކުރައްވަމުން ރައީސް ވަނީ މި މަސައްކަތުގެ ބައެއް ތަފްސީލްވެސް ހާމަކުރައްވާފައި އެވެ. އެގޮތުން 12 މާޗުގައި ފެށުނު މި މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހަށެވެ. މިއީ 23 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 27 ހެކްޓަރުގެ ބިން ސަރުކާރުން ވަނީ ހިއްކާފައި އެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް މުއިއްޒު، ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާ ގޮތަށް 113.19 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް
ފަހުގެ
HDC