logoEN
cocacola
މިފަދަ ކައިވެނި ހަފްލާއަކަށް ނުދާތި - ކެއުމަށްވެސް ބިލްކޮށްފި

މިފަދަ ކައިވެނި ހަފްލާއަކަށް ނުދާތި - ކެއުމަށްވެސް ބިލްކޮށްފި

އަލްފާ އަލީ

logo

9/30/2022, 7:17:21 PM

# ހޮޅުއަށި

0_Pretty-three-tier-wedding-cake-decorated-for-a-wedding-event

އާންމުކޮށް ކައިވެނި ޕާޓީތަކުގައި ދޭ ވަލީމާއަކީ އެއްވެސް އަގަކާ ނުލައި ދެވޭ އެއްޗެކެވެ. މިކަން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އޮންނަނީ މިހެންނެވެ. ނަމަވެސް މިއީ މުޅިން ތަފާތު ކައިވެނި ހަފްލާއެއްގެ ވާހަކަ އެވެ.

ގޮސިޔާ

މިއީ ކޮން ގައުމެއްގައި ހިނގި ކަމެއްކަމެއް ހާމަކޮށްފައި ނުވެއެވެ. މިވާހަކަ ތިލަކޮށްފައިވަނީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ ރެޑިޓް ގައެވެ. ރެޑިޓްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ކައިވެނި ހަފްލާގައި، ކައިވެނީގެ ކޭކަށް ފައިސާ ދައްކަން ޖެހޭތީ، ކޮންމެ މީހަކުވެސް ކޮންމެވެސް ވަރެއް ކޭކަށް ދައްކަން ވާނެ ކަމަށެވެ. އެކަންވެސް އެންގީ ކައިވެނި ހަފްލާ ބާއްވަން އުޅުނު ދުވަހު ކަމަށް ބުނެފައިވެއެވެ.

ކައިވެނި ހަފްލާއަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ ފޯނަށް އައީ އެ ދުވަހު ކައިވެނި ކުރި ދެމީހުންގެ މެސެޖެވެ.

"އަޅުގަނޑުމެން އިޢުލާނު ކުރީ ކޮންމެ ގެސްޓަކު ވެސް ކޮންމެ ސްލައިސްއަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް. ސީސީޓީވީ ބެލުމުން ދެވަނަ ސްލައިސެއް ކެއިތަން ވަނީ ފެނިފައި. އެހެން ކަމުން ވީ އެންމެ އަވަހަކަށް 3.66 ޕައުންޑު ފޮނުވާލަދީ" މެސެޖުގައި އޮތީ މިހެންނެވެ.

މިވާހަކަ މީސްމީޑިއާއަށް ތިލަ ކުރުމުން ގިނަ ބަޔަކު ދަނީ ކައިވެނި ކުރި ދެމީހުންނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ