logoEN
cocacola
ހޮޓަލެއްގެ އަލަމާރީގެ ދަށުވެ، އަންހެނަކު މަރުވެއްޖެ

ހޮޓަލެއްގެ އަލަމާރީގެ ދަށުވެ، އަންހެނަކު މަރުވެއްޖެ

އަލްފާ އަލީ

logo

9/30/2022, 6:44:39 PM

# ހޮޅުއަށި

Screenshot 2022-09-30 at 18.44.05

އިނގިރޭސިވިލާތުގެ ހޮޓަލެއްގައި އިން އަންހެނެއްގެ ބޮލަށް އަލަމާރިއެއް ވެއްޓިގެން މަރުވެއްޖެ އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލިވަޕޫލްގެ އަޑެލްފީ ހޮޓެލުގައެވެ. އަދި ހާދިސާގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ "ރީތި" އަންހެނެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަންހެން މީހާ މަރުވެފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި އަލަމާރި އެއް (ވޯޑްރޯބެއް) އޭނާގެ ގައިމައްޗަށް ވެއްޓި، އޭގެ ދަށުގައި ތާށިވެ ޗިސްވުމުގެ ސަބަބުންނެވެ. ކްލޯއީ ހޭނޭސް މަރުވެފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ކްލޯއީގެ މަންމަ ނިކޮލާ ވިލިއަމްސް، 49، ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ބުނެފައިވަނީ ކްލޯއީ މަރުވީ "ފާރުގައި ރަނގަޅަށް ހަރުނުކުރެވި ހުރި ވޯޑްރޯބެއް" އޭނާގެ ބޮލަށް ވެއްޓިގެން ކަމަށެވެ. މި ހާދިސާ ހިނގާފައިވާ ހޮޓަލަކީ ވަރަށް މަޝްހޫރު ހޮޓަލެކެވެ.

މިހާދިސާ ހިނގީ އެއްބަނޑު އެއްބަފާ ދެބޭބެ އާއި އިތުރު ތިން ބެއިންނާއެކު ކްލޯއީ ލިވަޕޫލަށް ކުރި ދަތުރުގެ ތެރެއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ