logoEN
cocacola
ރީކޯ ރައީސް މައުމޫނަށް: އިންތިޚާބެއް ކައިރިވާއިރަށް ދުނިޔޭގަ ބައްދަން ނޫޅޭ

ރީކޯ ރައީސް މައުމޫނަށް: އިންތިޚާބެއް ކައިރިވާއިރަށް ދުނިޔޭގަ ބައްދަން ނޫޅޭ

އައިޝަތު އިފާޝާ

logo

9/2/2022, 12:00:00 PM

# މައުމޫން އަބްދުލް ޤައްޔޫމް# މޫސާ މަނިކު (ރީކޯ)

Maumon Reeko

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އިންތިޚާބެއް ކައިރިވާއިރަށް ދުނިޔޭގައި ބައްދަން ނޫޅުއްވަން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރީކޯ މިގޮތަށް ވިދާޅުވީ، ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކު ނުހައްގުން ޖަލަށްލައި އަދަބު ދީފައިނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.

ވީޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުގެ މަތީން މީހަކު ޝަރީއަތަށް ހުށަހަޅައިގެން، ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރުމުން ޖަލަށްލުމަކީ އަނިޔާއެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފު ކަމަށެވެ.

އެކަމާއި ގުޅިގެން ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވަނީ، ދޮގު ހެދުމަކީ ރާއްޖޭގައި ވެރިކަން ކޮށްފައި ފައިބާ ކޮންމެ މީހަކަށް ޖެހޭ ބައްޔެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މިރާއްޖޭގަ ވެރިކަންކޮށްފަ ފައިބާ ކޮންމެމީހަކަށް މި ޖެހޭބައްޔަކީ ރިޔާސީ ވައިރަހެއް ގަނޑުވަރުން އަރައިގެން ވާގޮތެއްބާވައޭހިތައްއަރާ ؟ މައުމޫން އަބްދުލްޤައްޔޫމް، މާތްކަލާކޯ އިންތިޚާބެއް ކާރިވާއިރަށް ދުނިޔޭގަ ބައްދަން ނޫޅެބަލަ ﷲގެރަސްކަންފުޅަށް ކަންކަން އޮޅުވައެއްނުލެވޭނެ - ރީކޯ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ