
Maumoon
ކުށެއް ނުކުރާ މީހަކު އެމަނިކުފާނުގެ ވެރިކަމުގައި ޖަލަށްލާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުގެ މަތީން މީހަކު ޝަރީއަތަށް ހުށަހަޅައިގެން، ކުށް ސާބިތުވެގެން ޖަލަށްލާން ނުވަތަ އަރުވާލަން ހުކުމް ކުރުމުން ޖަލަށްލުމަކީ އަނިޔާއެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފު ކަމަށެވެ.
"މީހުން ކިޔާނީ މީހަކު ޖަލަށްލައިފިއްޔާ އަނިޔާއޭ. އެއަށް ވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭނެ. ކުށެއް ނުކުރާ މީހަކު ޖަލަށްލައިފިއްޔާ އެއީ އަނިޔާއެއް. އެކަމަކު ބައްލަވާ ވަކި ކޭސްތައް ވަކިވަކިން." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުށްނުކޮށް ހުރި މީހަކު ޖަލަށް އަދި އަރުވާލާފައި ނުވާނެ ކަމަށާއި އެ ކަންކަން ކުރިއަށް ގޮސްފައި އޮންނާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
މައުމޫން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި ޖަލުގައި އެތައް ބަޔަކަށް އަނިޔާކުރި ކަމުގެ ވާހަކަތައް ސިޔާސީ އެކި ފަރާތްތަކުން މިހާރުވެސް ދައްކަ އެވެ. ނަމަވެސް އެ ވާހަކަތައް މައުމޫން އަބަދުވެސް ދޮގުކުރައްވަ އެވެ.
ގުޅުންހުރި

ބޭރު ގައުމުތަކުގެ ބޭފުޅުންގެ ނަންތައް ކިޔާގޮތް ރަނގަޅަށް ދަސްކުރުން މުހިންމު - މައުމޫން

ޝެއިޚުންނަށް އެއްޗެތި ކިޔަންވެއްޖެއްޔާ އެއް ގަލަކަށް އަރާނެ މީހުން އުޅޭނެ! އަޅާނުލައްވާ! - ޒައިދު

ރީކޯ ރައީސް މައުމޫނަށް: އިންތިޚާބެއް ކައިރިވާއިރަށް ދުނިޔޭގަ ބައްދަން ނޫޅޭ
