logoEN
Sto top
އައިޖީއެމްއެޗުގެ އެކްސްޕާޓުންގެ ޓީމަކާއި އެކު މާދަމާ އޭއެސްއެމްއެޗުގެ ޑައިބެޓިކްސް ކޭމްޕް ފަށަނީ

އައިޖީއެމްއެޗުގެ އެކްސްޕާޓުންގެ ޓީމަކާއި އެކު މާދަމާ އޭއެސްއެމްއެޗުގެ ޑައިބެޓިކްސް ކޭމްޕް ފަށަނީ

އަހުމަދު ޝުރާއު

logo

9/29/2022, 7:55:28 PM

# ޑރ އޭއެސްއެމްއެޗް

308436969_1224215298428812_7450816189806197354_n

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާ ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އިން ގދ. ތިނަދޫގައި ޑައިބެޓިކްސް ކޭމްޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

މި ކޭމްޕް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގެ އެކްސްޕާޓުންގެ ޓީމާކާއި އެކުގައި އެވެ. މި ޓީމުގައި ހަރަކާތްތެރިވާ އައިޖީއެމްއެޗުގެ ޑޮކްޓަރުންނަކީ ޑރ އަލީ ލަތީފު އާއި ޑރ މުހައްމަދު ސިރުހާން އަދި ޑރ ރަޝްދާ މާހިރު އެވެ. މި ޑޮކްޓަރުންގެ އިތުރުން އައިޖީއެމްއެޗުގެ ދެ ނަރުހުންވެސް މި ކޭމްޕުގައި ބައިވެރިވާނެ އެވެ.

މި ކޭމްޕަކީ ހަކަރުބަލި ހުންނަ ފަރާތްތަކާއި ހަކުރުގެ އިތުރު ސިއްހީ މައްސަލަތަށް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ދެ ހޮސްޕިޓަލް ގުޅިގެން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕުގައި މާބަނޑުވުމާއި ގުޅިގެން ހަކުރު މަތިވާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ހަކުރު ބައްޔަށް ޓެސްޓު ކުރުން ވެސް މި ކޭމްޕުގައި ކުރިޔަށް ދާނެ އެވެ.

މި ކޭމްޕުގައި ނަންނޯޓުކުރި ފަރާތްތަކުގެ އިތުރުންވެސް ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކުރިން ނަންނޯޓު ކުރުމަކާއި ނުލައި މިހާރު ކޭމްޕުގައި ބައިވެރިވެވޭނެ އެވެ.

އޭއެސްއެމްއެޗާއި އައިޖީއެމްއެޗް ގުޅިގެން މިއަހަރު ވަނީ ސްޕެޝެލިސްޓުންގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރުންތަށް އަންނަނީ އެކި ދުވަސްވަރު އޭއެސްއެމްއެޗުގައި ބަލި މީހުން ބެއްލެވުމުގެ މަސައްކަތް ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside