logoEN
Sto top
ރާއްޖޭގެ ރީނަޖަލް ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި ހެލްތު ސްޓެޓިސްޓިކް ޔުނިޓް ޑރ އޭއެސްއެމްއެޗުގައި!

ރާއްޖޭގެ ރީނަޖަލް ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި ހެލްތު ސްޓެޓިސްޓިކް ޔުނިޓް ޑރ އޭއެސްއެމްއެޗުގައި!

އަހުމަދު ޝުރާއު

logo

9/23/2022, 11:15:51 AM

# ޑރ އޭއެސްއެމްއެޗް

GMG_6785

ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި ހެލްތްކެއާ ސްޓެޓިސްޓިކް ޔުނިޓް ގދ ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކޮށްފި އެވެ.

Wamco

ބުދަ ދުވަހު އެހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޔުނިޓްގެ މަސައްކަތްތަށް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އެޓް ޕްރެސިޑެންޓްސް އޮފީސް، އަލީ ޝިޔާމް އާއި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑުގެ މެމްބަރުންނެވެ.

މި ސްޓެޓިސްޓިކް ޔުނިޓަކީ ގދ އަތޮޅާއި ގއ އަތޮޅުގެ ސިއްހީ ތަފާސްހިސާބުތަށް އެއް ސިސްޓަމެއް މެދުވެރިކޮށް ރައްކާކުރެވި އަތޮޅުގެ ސިއްހީ ހާލަތު މޮނީޓާރ ކުރުމަށް ޤާއިމްކުރެވުނު ޔުނިޓެކެވެ. މި ޔުނިޓުން ރައްކާކުރާ ތަފާސްހިސާބުތަކުން ހުވަދު އަތޮޅުގައި ބަލިތަށް ފެތުރެން މެދުވެރިވާ ސަބަބުތަށް ދެނެގަތުމަށްވެސް އެހީތެރިވެދޭނެ އެވެ. އަދި އެބަލިތަކަށް ސަމާލުވެ ބަލިތަކުން ރައްކާތެރިވުމަށް ހަދަން ޖެހޭ ދިރާސާތަކާއި ފިޔަވަޅުތަށް އެޅުމަށްވެސް އެހީތެރިވެދޭނެ އެވެ.

undefined

މި ޔުނިޓުގައި ހަރަކާތްތެރިވަމުން ދަނީ މި ޔުނިޓުގެ މަސައްކަތްތަކަށް ޚާއްސަ ތަމްރީންތަށް ލިބިފައިވާ މުވައްޒަފުންނެވެ.

މި ޔުނިޓާއި ގުޅޭގޮތުން " ގާފު " ނޫހަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަބްދުލްއަޒީޒް ރިފާއު ވިދާޅުވީ މި ޔުނިޓުގެ ސަބަބުން އެހޮސްޕިޓަލަށް ގިނަ ކުރިއެރުން ތަކެއް ލިބިގެންދާނެ ކަން ގަބޫލުކުރާ ކަމަށާއި ހިދުމަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި އިތުރު ކަންކަންވެސް މި ޔުނިޓުގެ ތަފާސްހިސާބުތަކުގެ އަލީގައި ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ރިފާއު އިތުރަށް ވިދާޅުވީ މި ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިތުރު ހޮސްޕިޓަލު ތަކުގައި މި ފަދަ ޔުނިޓްތަށް ޤާއިމްކުރުމަށްޓަކައި ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ތަމްރީން ވެފައިވާ މުވައްޒަފުންތަކެއް ކަމަށެވެ.

undefined

މި ޔުނިޓް ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިންވެސް އެހޮސްޕިޓަލުން ވަނީ ޔުނިޓްގެ މަސައްކަތް ފަށައި މިހާތަނަށްވެސް ގިނަ ތަފާސްހިސާބުތަކެއް ރައްކާކޮށްފައެވެ. މި ޔުނިޓް ޤާއިމްކުރުމަށް ރައީސް އޮފީހާއި ހެލްތް މިނިސްޓްރީގެ އެހީތެރިކަން އެހޮސްޕިޓަލަށް ވަނީ ލިބިގެން ގޮސްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside