
ޓްރީޓޮޕް ހޮސްޕިޓަލާއި ގުޅިގެން އޭއެސްއެމްެއެޗްގައި މަލްޓި ސްޕެޝެލިޓީ ހެލްތު ކޭމްޕެއް ބާއްވަނީ
# ޑރ އޭއެސްއެމްއެޗް# ޓްރީޓޮޕް ހޮސްޕިޓަލް-
ތިނަދޫ ސިޓީގައި ހުންނަ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލް, ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްސަ މަލްޓި ސްޕެޝިލިޓީ ހެލްތު ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އެހޮސްޕިޓަލުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ މި ހެލްތު ކޭމްޕަކީ ހުޅުމާލޭގައި ހުންނަ ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް, ޓްރީޓޮޕް ހޮސްޕިޓަލާއި ގުޅިގެން ބާއްވާ ދެ ދުވަހުގެ ކޭމްޕެއް ކަމަށެވެ. އެގޮތުން މި ކޭމްޕު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގައި ކަމަށް ވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އެގޮތުން މި ކޭމްޕުގައި ޓްރީޓޮޕްގެ 8 ޑޮކްޓަރަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަށީގެ ޚާއްސަ ޑޮކްޓަރުންތަށް ކަމަށްވާ ޑރ އަހުމަދު އާޒިމް އަބްދުލް ޝަކޫރު އާއި ޑރ މުހައްމަދު ހަބީބް, ޑރ އަލީ މުޒްނީއާއި ގޭސްޓްރޯލޮޖިސްޓެއް ކަމަށްވާ ޑރ ޑިއެގޯ އާއި ކަރުންމަތީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ ރާޖޭޝް އާއި ހިތުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ އަބްދުލްއަޒީން އަހުމަދު އާއި ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ މެހްމެތުގެ އިތުރުން އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ ޝިރްމީން މުހައްމަދު އެވެ.

މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ޑރ އާޒިމް އަކީ މީގެ ކުރިން އޭއެސްއެމްއެޗުގައި މަސައްކަތްކުރެއްވި ޑޮކްޓަރެކެވެ.
.jpeg&w=3840&q=75)
އޭއެސްއެމްއެޗުން ބުނީ މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެޕޮައިންޓްމެންޓު ހޯއްދުމަށް އެހޮސްޕިޓަލުގެ ހޮޓްލައިން 1555 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުމަށެވެ.
ގުޅުންހުރި

އޭއެސްއެމްއެޗުގެ އޮޕަރޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް: މިހާތަނަށް އެކަނިވެސް 350 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް!

އޭއެސްއެމްއެޗްގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް އޭއެސްއެމްއެޗަށް!




