logoEN
cocacola
އަގުބޮޑު ކަމަށް ބުނި އަނގޮޓީގެ އަސްލު އަގު އެނގުމުން ކައިވެނި ކެންސަލް!

އަގުބޮޑު ކަމަށް ބުނި އަނގޮޓީގެ އަސްލު އަގު އެނގުމުން ކައިވެނި ކެންސަލް!

އަލްފާ އަލީ

logo

9/29/2022, 4:01:52 PM

# ހޮޅުއަށި

0_GettyImages-103332359

އަގުބޮޑު އަގޮޓިއެއްކަމަށްބުނެ، ލޯބިވެރިޔާ ހަދިޔާކުރި އަގޮޓީގެ އަސްލު އަގު އެނގުމުން އަންހެން މީހާ ކައިވެނިކުރަން ދެކޮޅު ހަދައިފިއެވެ.

ގޮސިޔާ

މިހާދިސާ ފެންމަތިކޮށްފައިވަނީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ ރެޑިޓްގައެވެ. އުމުރުން 26 އަހަރުގެ މި އަންހެން މީހާ ބުނާ ގޮތުގައި އޭނާގެ ކޮއްކޮ، އުމުރުން 22 އަހަރުގެ ލިޑިއާ އޭނާގެ ލޯބިވެރިޔާ ސޭތު އާ އެންގޭޖްވެފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި އެންގޭޖްމަންޓަށްފަހު، ސޭތުއާއި ލިޑިއާ ދެމީހުންވެސް ދިޔައީ އެ އަނގޮޓީގެ އަގުބޮޑު ވާހަކަ ދައްކަމުންނެވެ.

މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ސޭތު ބުނެފައިވާ ގޮތުގައި އެ އަނގޮޓީގެ އަގަކީ 50،000 ޑޮލަރު ކަމަށެވެ. ނަމަވެސް އޭނާގެ ވާހަކައިގެ ތެދު ދޮގު ފަޅައިއަރަން މާ ގިނަ ދުވަހެއް ނުނަގައެވެ. އަނގޮޓި ސާފު ކުރުމަށް ލިޑިއާ ބޭނުން ވެގެން ގަހަނާ ހަދާ މީހެއް ކައިރިއަށް ދިޔައެވެ. ކަން ދިމާކުރި ގޮތުގައި ގަހަނާ ހަދާ މީހާ އަކީ ލިޑިއާގެ ރައްޓެއްސެކެވެ. އޭނާގެ ނަމަކީ ކޭޓީއެވެ.

އަނގޮޓީ ސާފުކުރުމުގެ ތެރޭގައި ކޭޓީއަށް ފާހަގަވީ، އެ އަގޮޓި ހަދާފައިވަނީ އާދައިގެ މައުދަނުން ކަމެވެ. އެއާއެކު އެ އަގޮޓީގެ އަގު 30 ޑޮލަރަށްވުރެ ބޮޑު ނުވާނެ ކަން އެނގުނެވެ. އެހިސާބުން ކޭޓީ ބޭނުންވީ ލިޑިއާ ގާތުގައި މިވާހަކަ ކިޔައިދިނުމަށެވެ.

"ސޭޓް އަށް އެނގޭ ރިންގް އަކީ އަގުހެޔޮ ރިންގްއެއްކަން އަދި ލިޑިއާ އަށް މިކަން ނުފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރީ. ލިޑިއާވަނީ އެންގޭޖްމަންޓް ނިމުމަކަށް ގެނެސް، މިހާރު އޭނާ އުޅެނީ ރަހުމަތްތެރިއަކާ އެކު، ސޭތު އާ ވާހަކަ ނުދައްކާ" ކޭޓީ ކިޔައިދީފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ