logoEN
cocacola
57 ޓަނުގެ މަސް ބާނައިގެން މަޑަވަލި ދޯންޏަކުން ރެކޯޑު އާކޮށްފި

57 ޓަނުގެ މަސް ބާނައިގެން މަޑަވަލި ދޯންޏަކުން ރެކޯޑު އާކޮށްފި

# ގދ.މަޑަވެލި# މިފްކޯ# މަސްވެރިކަން

6478394034343

ގދ.މަޑަވެލީ ޓީއެސް ލައިން ދޯނިން އިއްޔެ 57.15 ޓަނުގެ މަސް މިފްކޯއަށް ކިރުވައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ކިރުވުމުގެ ރެކޯޑް އާ ކޮށްފި އެވެ.

ގޮސިޔާ

އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ކުރިން ވެސް އޮތީ ޓީއެސް ލައިން ދޯންޏަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ދޯނިން އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ކިރުވާފައިވެއެވެ.

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކުނުގެ މޫސުން އެންމެ ރަނގަޅަށް ތަން ނުދިން ކަމުގައިވިޔަސް އިއްޔެ މަހަށް ނުކުތް ޓީއެސް ލައިން ދޯނިން 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައިވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ ޓީއެސް ލައިން ދޯނިން ކިރުވި މަަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ ކަމަށެވެ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ޓީއެސް ލައިން ދޯންޏަކީ މިދިޔަ އަހަރު ވެސް މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏެވެ. އެއީ 1095.805 ޓަނުގެ މަހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ