logoEN
cocacola
ލަންކާގެ ބޯޓެއް ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

ލަންކާގެ ބޯޓެއް ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

އަލްފާ އަލީ

logo

4/16/2024, 12:12:14 PM

# މަސްވެރިކަން# ސްރީލަންކާ

---

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި އަވައްޓެރި ސްރީ ލަންކާ ބޯޓެއްގެ ވެރިމީހާ 700،000ރ. އިން ޖޫރިމަނާކޮށް، އެ އުޅަނދާއި އުޅަނދުގައި ހުރި ވަސީލަތްތަކާއި، މުދާ ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ގޮސިޔާ

މި މައްސަލައިގައި ދައުލަތުންކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ލަންކާގެ އުޅަނދެއް ކަމުގައިވާ "ސުދިސަ ޕުތަ 02" ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކޮށްފައި ވާތީ އުޅަނދުގެ ވެރިފަރާތް ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް އޭނަ އަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ހުކުމާ ހަމައަށް ވެސް އެ ފައިސާ ދައްކައިފާ ނުވާތީ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބޭގޮތް ހެދުމަށާއި މި އުޅަނދު ދައުލަތަށް ނަގައިދިނުމަށް ދައުވާކޮށްފައިވެ އެވެ.

ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ، 700،000ރ. އަކީ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅައި، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދާއި އެ މުދަލުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރާ މައްސަލައަކީ ވަރަށް އާއްމު މައްސަލައެކެވެ. ދިވެހި ސިފައިން ވަނީ އެފަދަ ބައެއް އުޅަނދުތައް ދިވެހި އިގްތިސާދީ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ