logoEN
cocacola
ރޯދަ މަހު މިފްކޯ މަސްފިހާރަތަކުން ހިދުމަތްދޭނެ ގަޑިތައް އިއުލާނުކޮށްފި

ރޯދަ މަހު މިފްކޯ މަސްފިހާރަތަކުން ހިދުމަތްދޭނެ ގަޑިތައް އިއުލާނުކޮށްފި

އަހުމަދު ޝުރާއު

logo

3/6/2024, 8:18:11 AM

# މިފްކޯ

މިފްކޯ މަސްފިހާރަ

ރޯދަ މަހު މިފްކޯ މަސްފިހާރަތަކުން ހިދުމަތްދޭނެ ގަޑިތައް އިއުލާނުކޮށްފި އެވެ.

ގޮސިޔާ

މިފްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ މަސްފިހާރަތައް ރޯދަ މަހު ހުޅުވާނީ ހެނދުނު 09:30 އިން 12:00 އަށާއި މެންދުރު 12:30 އިން 15:30 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭން ނިންމާފައިވަނީ މެންދުރު 14:00 އިން 15:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށެވެ.

މިފްކޯގެ މަސްފިހާރަތައް ހުންނަނީ މާލެެ ސަރަހައްދުގައި އެވެ. އެެގޮތުން މާލޭގައި އެކުންފުނީގެ ދެ މަސްފިހާރަ ހުންނަ އިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި އެއް ފިހާރަ ހުރެއެވެ.

View post on Twitter

މިފްކޯއިން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަން "ފަސްމީރު މާ މީރު"ގެ މި އަހަރުގެ ޕްރޮމޯޝަން މިދިޔަ މަހު ވަނީ ފަށާފައި އެވެ. މި އަހަރު ވެސް މިފްކޯއިން މި ޕްރޮމޯޝަނުގެ އެއް ވަނަ އަށް ވަނީ އެއް ލައްކަ ރުފިޔާ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަނުގެ ދެ ވަނަ އަށް 50،000ރ. އަދި ތިން ވަނަ އަށް 25،000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ކޫޕަން ލިބޭނީ މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން ފެށިގެން މަތީގެ ވިޔަފާރިކޮށްގެންނެވެ. މާލެ، ހުޅުމާޅެ އަދި މިފްކޯ ސެންޓަރުތަކުގައި ހުންނަ މަސްފިހާރަތަކުން ވިޔަފާރިކޮށްގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ