logoEN
cocacola
މިފްކޯ ސީއީއޯގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށްފި

މިފްކޯ ސީއީއޯގެ ސަސްޕެންޝަން މުއްދަތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

3/31/2024, 6:02:38 PM

# މިފްކޯ

ޝަމާހް

ރާއްޖޭގެ މަސްގަންނަ މައި ކުންފުނި މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާހް ރަޝީދު ސަސްޕެންޑުކުރި މުއްދަތު އިތުރު ތިން ހަފްތާ އަށް ދަންމާލައިފިއެވެ.

ގޮސިޔާ

ޝަމާހް އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ޕީސީބީން އޭރު ބުނީ، ޝަމާހާ ގުޅޭ ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައްސަލަަތަކެއް އެ ބޯޑަށް ހުށަހަޅާފައިވުމުން ބަލަމުންދާ ކަމަށާއި، އެކަމުގެ ފުރިހަމަ އިންކުއަރީ އެއް ހިންގުމަށް 14 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑުކުރާ ކަމަށެވެ،

މިއަދަށް އެމުއްދަތު ހަމަވުމާއި އެކު ސަސްޕެންޝަން އިތުރުކޮށް މިއަދު ޕީސީބީއިން ވަނީ ޝަމާހުގެ ސަސްޕެންޝަން މިފަށާ އޭޕްރިލް މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދަންމާލާފައި އެވެ.

ޝަމާހު ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ. އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ