ޕެސިވް ސްމޯކިންގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާ ގޮތް ޑޮކްޓަރުން ކިޔައިދީފި
އައިޝަތު އިފާޝާ
9/28/2022, 9:54:12 PM
smoking-dangers
ޕެސިވް ސްމޯކިންގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްގެ ކައިރީގައި ހުންނައިރު އެމީހަކު ދޫކުރާ ދުން ކައިރީގައި ހުންނަ މީހާއަށް އޭގެ ސަބަބުން ކުރާ އަސަރެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތުގެ ތަފާތު ބަލިތަކާ ގުޅިފައިވާ ކަމަކަށްވާއިރު، ޕެސިވް ސްމޯކިންގެ ސަބަބުން ވެސް ހިތާއި ފުއްޕާމެއަށް ގެއްލުންދެ އެވެ.
ޑޮކްޓަރުން ބުނާގޮތުގައި، ސެކަންޑް ހޭންޑް ނުވަތަ ޕެސިވް ސްމޯކިންގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ، އެތަކެއް ސިއްހީ ގެއްލުންތަކެއް ލިބޭ ކަމަށެވެ. ޕެސިވް ސްމޯކިންގެ ސަބަބުން ޒުވާން އުމުރުގައި ސްޓްރޯކްގެ އެކި ބާވަތްތައް ވަރަށް ބޮޑަށް ފެތުރިފައިވާ ކަން ޑޮކްޓަރުން ހާމަކުރެއެވެ.
"ޕެސިވް ސްމޯކިން އަކީ އެކްޓިވް ސްމޯކިން ފަދަ ގެއްލުންހުރި ކަމެއް. ނިކޮޓީން އިންސިއުލިން ހަދާއިރު، ސިކުނޑިއާއި ހިތުގެ ތެރެއަށް ދާ އާޓަރީތަކުގެ އެތެރޭގެ ފަށަލައަށް އޭގެ އަސަރު ކުރޭ. އެންޑޯތީލިއަމް އާއި އެތެރޭގެ ލޭޔާއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އިންފްލެމޭޝަން އުފެދޭ. އެއީ ސްޓްރޯކެއް ޖެހުމަށް މަގުފަހިވާ ކަމެއް،" ނިއު ދިއްލީގެ ޕީއެސްއާރްއައި ހާޓް އިންސްޓިޓިއުޓްގެ ކާޑިއޮލޮޖިސްޓް ޑރ ކޭކޭ ތަލްވާރު ވިދާޅުވި އެވެ.
އަދި ސިނގިރޭޓްގެ ދުމުގެ އަސަރު ކުރާ ޒުވާން ކުދިންގެ މެދުގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ޒުވާން އުމުރުގައި ހާޓް ސްޓްރޯކް ޖެހޭ މިންވަރު މިދިޔަ ހަތް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 2 ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށް ޑރ ތަލްވާރު ވިދާޅުވި އެވެ.
ގުރޫގްރާމްގެ ފޯޓިސް މެމޯރިއަލް ރިސާޗް އިންސްޓިޓިއުޓްގެ ޑައިރެކްޓާ އަދި ހެޑް ކާޑިއޯ ތޮރަސިކް ވަސްކިއުލާ ސާޖަރީ، ޑރ އުދުގާތު ދީރް ވިދާޅުވާ ގޮތުގައި، ސެކަންޑް ހޭންޑް ސްމޯކިން އަށް ހުށަހެޅޭ މީހުންނަށް ހާޓް އެޓޭކް ޖެހުމާއި، ބްރެއިން ސްޓްރޯކް ޖެހުމާއި، އެނޫންވެސް އެފަދަ ބަލިތައް ޖެހުމުގެ ފުރުސަތު 20-25 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ބޮޑު ކަމަށެވެ.
ސެކަންޑް ހޭންޑް ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާ ދުންފަތުގެ އިސްތިއުމާލު ކުރާ ވަގުތުތަކުގައި ދުރުހެލިވުން.
މާބަނޑު އަންހެނުންނާއި ކުޑަކުދިން ސިނގިރޭޓް ގެ ދުމުގެ ޝިކާރައަކަށް ވެގެން ނުވާނެ.
އާންމު ތަނެއްގައި އުޅޭއިރު، ހަމައެކަނި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ގައި ސިނގިރޭޓު ބުއިން.
މީހުން ތޮއްޖެހިފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި މުޅިން ދުރުހެލި ވުމަކީ މިފަދަ ކަންތައްތަކުން ތިބާއާއި މުޖުތަމަޢު ސަލާމަތް ކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅު ކަމުގައި ގިނަ ޑޮކްޓަރުން އިރުޝާދުދެއްވައެވެ.