logoEN
cocacola
އަނގައިން ނުބައިވަސް ދުވާތަ؟ މިއޮތީ ހައްލު!

އަނގައިން ނުބައިވަސް ދުވާތަ؟ މިއޮތީ ހައްލު!

އަލްފާ އަލީ

logo

9/12/2022, 11:01:49 AM

# ހޮޅުއަށި# ސިއްޙަތު

What-can-I-do-about-Bad-breathhalitosis-min

އެކަކު އަނެކަކާ ބައްދަލުވެ، މީހުންގެ ތެރޭގައި އުޅޭއިރު މީހާގެ އަނގައިން ނުބައި ވަސް ދުވާނަމަ އެމީހަކާ ވާހަކަ ދައްކަން މީހުން ޖެހިލުންވެއެވެ. އަދި އެމީހަކާ މެދު ދެކޭ ގޮތްވެސް ބައެއް ފަހަރު ތަފާތުވެއެވެ. ބައެއް ފަހަރު ރަނގަޅަށް ދަތް އުނގުޅައި އަނގަ ދޮވެ ހަދާ މީހުންގެ އަނގައިންވެސް ނުބައި ވަސް ދުވުމަކީ މެދުވެރިވާ ކަމެކެވެ.

ގޮސިޔާ

ދާދި ފަހުން ނިއުޓްރިޝަނިސްޓެއް ކަމަށްވާ އެންމާމީ އަގަރްވާލް ވަނީ ބައެއް ކަހަލަ ނިއުޓްރިއެންޓް އުނިވުމުގެ ސަބަބުން އޭގެ އެއް އަލާމާތްގެ ގޮތުގައި އަނގައިން ނުބައި ވަސް އިތުރަށް ދުވުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އަގަރްވާލް ވަނީ އަނގައިން ނުބައި ވަސް ދުވުމުގެ ފަހަތުގައި ހިމެނިދާނެ 3 ސަބަބެއް ހާމަކޮށްފައެވެ.

1 ވިޓަމިން ޑީ

ހިރުގަނޑާއި ދަތްތައް ހެދިފައި ހުންނަނީ ކަށިން ކަމަށްވާއިރު ވަރުގަދަ ކަށިތަކަށް ވިޓަމިން ޑީ ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. އަދި ހަށިގަނޑަށް ލިބިދޭ ވިޓަމިން ޑީގެ މިންވަރު މަދުވުމުގެ ސަބަބުން ފްރެކްޗާތައް އުފެދި، ދަތްތައް ދުޅަވުން މެދުވެރި ކުރުވައެވެ. އެހެން ވުމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ. އުމުރުން ދުވަސްވުމުން، އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ނުކައި ނުވަތަ ވިޓަމިން ޑީ މަދުވާ މީހުންނަށް ރަހައާއި ވަސް ނުދުވުމުގެ މައްސަލަވެސް ދިމާވެ އެވެ. އެހެން ކަމުން އަނގައިން ނުބައި ވަސް ދުވާނަމަ ވިޓަމިން ޑީ ހިމެނޭ ކެއުމުގެ ބާވަތްތައް ޚިޔާރުކުރާށެވެ.

2. ވިޓަމިން ސީ

އަގަރްވާލް ވިދާޅުވާ ގޮތުގައި ދަތް އުނގުޅަން ބޭނުން ކުރާ ބޭހުގެ ސަބަބުން ހިރުގަނޑު ލޭ އަންނަ ނަމަ އެއީވެސް އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ހަށިގަނޑުގައި ވިޓަމިން ސީ މަދުވާނަމަ ލޭ އަންނަ ތަންތަން އަލުން އިޔާދަވެ "ހީލް" ވާން ދަތިވެއެވެ. ވިޓަމިން ސީ އަކީ އަނގައިގެ ޓިޝޫތައް އަލުން އާކޮށްދޭ މާއްދާ އެކެވެ. ކޭލް، ބްރޮކޮލީ، ބެރީސް، އަދި ހުތް މޭވާތަކުގައި މި މާއްދާ ހުރެ އެވެ. އެހެން ކަމުން ވިޓަމިން ސީ ހިމެނޭ ތަކެތި ކެއުމާއި ބުއިމުގައި ބޭނުން ކުރުން މުޙިއްމެވެ.

3. ދަގަނޑު

މިއީ ނިއުޓްރިޝަނިސްޓް އެންމަމީ އަގަރްވާލް ވިދާޅުވާ ގޮތުގައި އަނގައިން ނުބައި ވަސް ދުވުމަށް މެދުވެރިކުރުވާ ތިން ވަނަ ސަބަބެވެ. އޭނާ ވިދާޅުވާ ގޮތުގައި "ދަގަނޑު މަދުވުމުގެ ސަބަބުން އަނގައިގެ ތެރޭގައި ދުޅަވެ، އަނގައިން ލޭބޭރުވެ، އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިވޭ." އެވެ. އަދި މިއީ ނުބައި ވަސް ދުވަން މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ.

View this post on Instagram

A post shared by Nmami (@nmamiagarwal)

އަގަރްވާލްގެ ވާހަކަ ނިންމާލަމުން ބުނަނީ ތިބާގެ ވައިޓަލްސް ޗެކްކޮށް، އުނިކަމެއް ހުރިނަމަ ދެން ޑައިޓާއި ސަޕްލިމެންޓްގެ ޒަރިއްޔާއިން ތިބާގެ ކެއުން މަތިކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ