
5cf1818b060f4570abfcaa85_cut_800x500_7 copy
ތިބާއަކީ އަބަދުވެސް މާ ގިނައިން ކައި އުޅޭ މީހެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ވަރުބަލިކަން އިހްސާސްވެ ހަޖަމް ކުރުމުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. ނަމަވެސް އެކަމަށް ހައްލެއް އެބައޮތެވެ. ޑިޓޮކްސް ސައި ބުއިމުން ގިނައިން ކެއުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުން ފަސޭހަކަމެއް ލިބިގެންދެއެވެ.

އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ، ގިނައިން ކެއުމަށްފަހު ތިބާގެ ހަށިގަނޑުން ޓޮކްސިންސް ސާފުކޮށްލަން ބޭނުންކޮށްލެވިދާނެ 5 ބާވަތެއްގެ ޑިޓޮކްސް ސައެކެވެ.
ޓަރމެރިކް ޖިންޖާ ޓީ

ޓަރމެރިކް (ރީނދޫ) އަދި ޖިންޖަރ (އިނގުރު)ގައި ހަޖަމުކުރުމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް ވަރަށް ފައިދާހުރި މާއްދާތަކެއް އޭގައި އެކުލެވިގެންވެއެވެ. އަދި ހަޖަމްކުރުމުގައި ދިމާވާ މައްސަލަތަކަށް އަޖައިބެއް ފަދަ ހައްލެއް ހޯދައިދޭ ދެބާވަތެކެވެ.
ގްރީން ޓީ

ގްރީން ޓީ އަކީ ސިއްހީގޮތުން އެތަކެއް ފައިދާއެއް އެކުލެވިގެންވާ ބުއިމެކެވެ. އަދި ހަޖަމުކުރުމާ ގުޅުންހުރި މައްސަލަތައް ހައްލުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.
ޕާސްލީ ޓީ

ޕާސްލީ ޓީ އަކީ އެޕިޓައިޓް ސްޓިމިއުލޭޓްކޮށްދީ، ހަޖަމްކުރުން ރަނގަޅުކޮށްދީ، ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވުން މަދުކުރުމަށް މަޝްހޫރު ބުއިމެކެވެ.
ފެނެލް ޓީ

ފެނެލް ޓީ އަކީ ހަޖަމްކުރުމުގެ ނިޒާމް ދުޅަހެޔޮ ކުރުމަށް އެހީތެރިވެދީ، ގޭސްޓްރިކް އަށް ފަރުވާ ކުރުމަށްވެސް އެހީތެރިވެދޭ ބުއިމެކެވެ.
ލެމަންގްރާސް ޓީ

ލެމަންގްރާސް ޓީ އަކީ ވެސް ގޭސްޓްރިކް މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ. އަދި އަނގައިގެ ސިއްހަތު ރަނގަޅުކޮށް، ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދޭ ބުއިމެކެވެ.






