logoEN
cocacola
24 މަސްދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ އަމާޒެއް - އާޒިމް

24 މަސްދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ އަމާޒެއް - އާޒިމް

އަލްފާ އަލީ

logo

9/28/2022, 11:46:30 AM

# އާދަމް އާޒިމް# އާރްޓީއެލް# އެމްޓީސީސީ

viber_image_2022-09-28_01-09-25-927

24 މަސްދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އާރުޓީއެލް ފެރީގެ ހިދުމަތް ބޮޑުތިލަދުންމަތީގައި ރަސްމީކޮށް އިފުތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އާރްޓީއެލް އަކީ ރައީސް ސޯލިޙްގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ.

އެ ޕްރޮޖެކްޓުން މުޅި ރާއްޖެ ގުޅާލައި, ހަ ޒޯނުގައި ހިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ހިދުމަތް ލިބެން ފަށާއިރު ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 ލޯންޗާއި 188 ފެރީ ޓާމިނަލް ހުންނާނެ ކަމަށާއި އަދި އެ ލޯންޗުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ތިން ސަރަހައްދެއްގައި ގާއިމުވެފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ

"މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 24 މަސް ތެރޭގައި މުޅި ރާއްޖެ ގުޅާލާނަން. އަދި މި ހިނދުން ފެށިގެން ކުރިއަށް އޮތް ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ނުވަ އަތޮޅެއްގައި މި ހިދުމަތް ތައާރަފުކުރުމަށް މިގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން." އާޒިމް

އޭނާ ވިދާޅުވީ, މި ޕްރޮޖެކްޓް ނިމުން ފަޅުވެރިންނާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ހާހެއްހާ މީހުންނަށް ވަޒީފާ ލިބޭނެ ކަމަށެވެ. އަދި އެ ވަޒީފާތަކަކީ އެވްރެޖްކޮށް މަހަކު 10,000 އާއި 18,000 މުސާރައެއް ލިބޭނެ ވަޒީފާތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ