
މޭޔަރުގެ އިލްތިމާސްއެއް: މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރޭ!
# އާދަމް އާޒިމް# މާލެ ސިޓީ ކައުންސިލްމާލެގެ ސިނާއީ ސަރަހައްދުގައި މޭޔަރު އާދަމް އާޒިމް
މާލެ ސިޓި ހަޑިވާޒާތުގެ އެއްވެސް ނުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިލްތިމާސްކުރައްވައިފި އެވެ.

އާޒިމް މިފަދައިން އިލްތިމާސްކުރެއްވީ ވެމްކޯއާއި މާލެ ސިޓީ ކައުންސިލާއި އިތުރު މުވައްސިސާތައް ގުޅިގެން މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރަމުންދާކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައި އެވެ. އެގޮތުން އާޒިމް ވަނީ މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި މަގުމައްޗަށް އުކާލުން ހުއްޓާލުމަށް އާޒިމް އެދިވަޑައިގަތެވެ.
ކުނި އަޅައި ގޮނޑުކޮށްފައިވާ މާލެ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ފެށީ މިއަދު އެވެ.
އެކަމާ ގުޅޭ ގޮތުން "ގާފު އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިނާޢީ ސަރަހައްދު ސާފުކޮށް ނިންމުމަށްފަހު، އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ވެމްކޯ އަދި އެމްޕީއެލް އިން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމަށް ގޭޓް ތަކެއް ހަރުކުރުމާއި، ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބެހެލެއްޓުން ފަދަ ކަންތައް ކުރެވޭނެ ކަމުގައި އާޒިމް ވިދާޅުވިއެވެ.
ގުޅުންހުރި

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި

މާލެއާއި ވިލިމާލެއިން ކޮންމެ ދުވަހަކު 30 ޓަނަށް ވުރެ ގިނަ ކުނި ނެގޭ: ޢާޒިމް

ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
