logoEN
cocacola
އެހެން ދާއިރާތަކަށް ދިން ލުއިތަކާއި ގާތް ކުރާވަރަށް ވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ލިބުނު ކަމަކަށް ގަބޫލެއް ނުކުރެވޭ - ސަޢުދުﷲ

އެހެން ދާއިރާތަކަށް ދިން ލުއިތަކާއި ގާތް ކުރާވަރަށް ވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ލިބުނު ކަމަކަށް ގަބޫލެއް ނުކުރެވޭ - ސަޢުދުﷲ

# މަސީ# ސަޢުދުﷲ ޙިލްމީ# އިބްރާހިމް މުއްތަލިބު

Saudulla Hilmy

ކޮވިޑް 19 ގެ ސަބަބުން އެޅި ފިޔަވަޅުތަކުން މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކަށް ދިން ލުއިތަކާއި ގާތް ކުރާ މިންވަރަށް ވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ލިބުނު ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ އެކްސްކޯ މެމްބަރ ސަޢުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރޭ ވީޓީވީ ގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގެ ގިނަ ކޮންސްޓަރަކްޝަން ވިޔަފާރީ ގެ ހާލަތު ވަރަށް ދަތި ކަމަށެވެ. އަދި ކޮވިޑް 19 ގެ ސަބަބުން އެޅި ފިޔަވަޅުތަކުން މަސައްކަތް ކުރުމަށް ރަށްތަކަށް މީހުން ފޮނުވުމުގައި ގޮންޖެހުން ތައް ހުރި ކަމަށާއި މި ދާއިރާގައި ހުރި ގޮންޖެހުން ތަކުގެ ވާހަކަ ސަރުކާރުގެ މިނިސްޓްރީ ތަކުގައި އާއި، ރައިސުލްޖުމްހޫރިއްޔާ އަރިހުގައި ވެސް ދަންނަވާފައިވާ ކަމަށެވެ.

އަޅުގަނޑުމެން ސަރުކާރުގަ ޓަކިޖަހާ ނުލާ ދޮރެއް ނުހުންނާނެ، ރައީސް ގެ އިތުރުން ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި، މިހާރު ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާލާފަވާނީ..

ސަޢުދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ސަޢުދު ވިދާޅުވީ ޓެންޑަރ ޑޮކިއުމެންޓްތަކުގައި ހުންނަ މައްސަލަތައް ހައްލު ކުރުމަށް ތިން ހަތަރު އަހަރު ވެގެންދާއިރު އެތައްފަހަރަކު މަސައްކަތް ކޮށްގެން ވެސް ޓެންޑަރ ބޯޑާއި ބައްދަލުވާނެ ގޮތެއް ނުވާކަމަށެވެ. އަދި ކޮންޓްޓްރެކްޓަރުންނަށް ފައިސާ ދޫކުރުމުގަ ލަސްތަކެއްވާތީ ކުންފުންޏަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް ސަޢުދު ގެ ވާހަކައިގާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި މަސީ ގެ އެކްސްކޯ މެމްބަރ އިބްރާހިމް މުއްތަލިބު ވިދާޅުވީ މިއަދުވެސް އަތޮޅުތެރެއަށް މުދާހިފައިގެން ދިޔުމުން މުދާ ބޭލުވެނީ 10 ދުވަހުގެ ކަރަންޓީނަށް ފަހު ކަމަށެވެ. އެހެން ވުމުން މުދާ ނުލިބި ޕްރޮޖެކްޓް ތަށް ޑިލޭވަމުން ދާކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ