logoEN
Sto top
މިނިސްޓަރު ސައީދު މަސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރު ސައީދު މަސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/27/2024, 10:25:44 AM

# މަސީ# މިނިސްޓަރު ސައީދު

--

ޢިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި އިމާރާތްކުރުމުގެ މައި ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި އިމާރާތްކުރުމުގެ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ކަމުގައި މަސީގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށާއި، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށް މަސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކަކީ ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާގައި ހުރި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން، ވަކި ދާއިރާތަކެއް ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރުމުގެ އުސޫލާ އެއްގޮތަށް، އިމާރާތްކުރުމުގެ ދާއިރާ ދިވެހިންނަށް ޚާއްޞަކުރުމަށް ނިންމަވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside