logoEN
cocacola
މަރުވި ކަމަށްބުނި ތުއްތު ކުއްޖަކު ޖަނާޒާގައި ކަފުނުން ތެދުވެއްޖެ

މަރުވި ކަމަށްބުނި ތުއްތު ކުއްޖަކު ޖަނާޒާގައި ކަފުނުން ތެދުވެއްޖެ

އަލްފާ އަލީ

logo

9/27/2022, 2:59:55 PM

# ހޮޅުއަށި

7f9d213a611593f20f55b5648284ce321661429384329296_original

މެކްސިކޯގައި ތިން އަހަރުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ނިންމައި ޖަނާޒާ ކުރިއަށް ގެންދަނިކޮށް ކަފުނުން ތެދުވެއްޖެ އެވެ.

ގޮސިޔާ

ރިޕޯޓްތައް ބުނާގޮތުން ތުއްތު ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާގެ އުފަން ރަށް ވިލާ ޑި ރާމޯސްގައި، ބަނޑުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ހުން އައުން ފަދަ ކަންތައްތައް ކުރިމަތިވުމުންނެވެ. އެ ސަރަހައްދުގެ ނޫހެއް ކަމަށްވާ އެލް ޔުނިވާސަލްއިން އާންމުކުރި ރިޕޯޓެއްގައި ވާގޮތުން އަންހެން ކުއްޖާގެ މަންމަ އެންމެ ފުރަތަމަ ތުއްތު ކުއްޖާ ގޮވައިގެން ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކުމުން އެ ޑޮކްޓަރު ލަފާ ދިނީ ވަސީލަތުގެ ގޮތުން ފުރިހަމަ ހޮސްޕިޓަލަކަށް ގެންދިއުމަށް ކަމަށެވެ.

ކުއްޖާއަށް ޕެރަސެޓަމޯލް ދިން ނަމަވެސް އޭނާގެ ހާލަތު ރަނގަޅު ނުވުމުން އެހެން ޑޮކްޓަރަކަށް ގެންދިޔަ އެވެ. އެ ޑޮކްޓަރު އެދުނީ ތުއްތު ކުއްޖާއަށް އެހެން ބޭސްތަކަކާއި މޭވާ އާއި ފެން ދިނުމަށެވެ.

އޭގެ ފަހުންވެސް ކުއްޖާގެ ހާލު ރަނގަޅުވުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، އޭނާގެ އާއިލާއިން އަވަސްވެގަތީ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމަށެވެ.

ނިއުޔޯކް ޕޯސްޓުގައު ރިޕޯޓުކޮށްފައިވާ ގޮތުގައި އޮކްސިޖަން ސަޕޯޓުގައި ބޭއްވުމަށްފަހު ހޮސްޕިޓަލުން އެކުއްޖާ އޮކްސިޖަން ސަޕޯޓުން ދަރިފުޅު ނެގީ މާ އަވަހަށް ކަމަށް ކުއްޖާގެ މަންމަ ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއަށްފަހު ކުއްޖާ މަރުވާން ދޫކޮށްލީ ކަމަށްވެސް މަންމަ ތުހުމަތުކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އޭގެ އަނެއް ދުވަހު އޭނާގެ ޖަނާޒާގެ ތެރޭގައި، ތުއްތު ކުއްޖާގެ ކޮފިންގެ ބިއްލޫރި ޕެނަލްގައި ނޭވާ ލުމުން ހުންނަ ފުސްކަން ހުރިކަން ކޮންމެވެސް މީހަކަށް ފާހަގަވި ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން، އޭނާގެ އާއިލާގެ މެމްބަރަކަށް ކުއްޖާގެ ލޯ ހަރަކާތްކުރާ މަންޒަރު ފެނުނު ކަމަށެވެ. އެއާއެކު ކުއްޖާ އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ޑޮކްޓަރުން ކުރި މަސައްކަތް ނާކާމިޔާބުވެ ކުއްޖާ ނިޔާވީ ސިކުނޑި ދުޅަވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު މެކްސިކޯގެ ސްޓޭޓް އެޓާނީ ދަނީ ބަލަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ