logoEN
cocacola
ކަރަންޓުބިލް ކުޑަކުރަންވެގެން މިގޭގައި ހެދީ މިހެން!

ކަރަންޓުބިލް ކުޑަކުރަންވެގެން މިގޭގައި ހެދީ މިހެން!

އަލްފާ އަލީ

logo

9/27/2022, 2:13:16 PM

# ހޮޅުއަށި

0_SWNS_HOUSE_CREEPER_02__2_

ރާއްޖެ ހޫނުވިޔަސް ދުނިޔޭގެ ބައެއް ގައުމުތަކަކީ އަބަދުވެސް ފިނި ގައުމުތަކެވެ. އެހެންވެ އޭސީގެ ބަދަލުގައި އެފަދަ ގޭތަކުގައި ބޭނުން ކުރަނީ ހީޓަރެވެ. ހީޓަރަކީ ކަރަންޓު ޚަރަދު ބޮޑު ތަކެއްޗަށް ވުމުން އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ގޭގައި ހީޓަރު ހަރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިއީ އިނގިރޭސި ވިލާތުގެ މިފަދަ މީހެއްގެ ވާހަކަ އެވެ.

ގޮސިޔާ

އިނގިރޭސި ވިލާތުގައި ތަކެތީގެ އަގުތައް މައްޗަށް ޖެހިފައިވާ މި ދަނޑިވަޅުގައި ކަރަންޓުގެ އަގުތައްވެސް ދަނީ މަތިވަމުންނެވެ. ދެކުނު ލަންޑަނުގައި ދިރިއުޅޭ މައިކަލް އާއި ޓެރެސާ ލައި ވަނީ އޭމީހުން ދިރިއުޅޭ ގޭގައި ކަރަންޓު ބިލު ކުޑަކުރަންވެގެން ތަފާތު ކަމެއް ކޮށްފައެވެ. ފިނީގެ ސަބަބުން ވާ އުނދަގުލުން ސަލާމަތްވުމަށް އެމީހުން ގޭގައި ބެހެއްޓީ ހީޓަރެއް ނޫނެވެ. މުޅި ގޭ ވަށައިގެން އިންދީ ވާޖިނިއާ ކްރީޕަރ ޕްލާންޓެވެ.

އެ ދެމީހުންނަށް ވާޖީނިއާ ކްރީޕަރ ޕްލާންޓް ފާހަގަވީ މީގެ ގާތްގަނޑަކަށް 40 ވަރަކަށް އަހަރު ކުރިން އެމީހުން އެންމެ ފުރަތަމަ ދިރިއުޅުން ބަދަލުކުރި އިރު އެމީހުންގެ ދެކުނު ލަންޑަންގެ ޕްރޮޕަޓީގައި ހެދެމުން ދަނިކޮށެވެ. 25 ކާފަ ދަރިން ތިބި މި ދެމަފިރިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ގަސް ހެއްދުމަށެވެ. ނަމަވެސް ބަގީޗާ ހެއްދުމުގެ ދާއިރާގެ ތަޖުރިބާކާރުން ލަފާދެނީ އެ ޕްލާންޓް ހިފެހެއްޓުމަށެވެ.

ނަމަވެސް، އެ ގަސް ބޮޑުވާން ދޫކޮށްލައި، ދެމަފިރިން ބުނީ މިހާރު އެމީހުންގެ ދިރިއުޅޭ ގޭގައި ގުދުރަތީ އިންސިއުލޭޝަން ގެ ފަށަލައެއް ހުންނަ ކަމަށެވެ. އެމީހުން ބުނީ މުޅި ގޭގެ ބޭރު ފަށަލައިގައި އެ ޕްލާންޓު ހެދިފައިވަނީ ވެލެއްގެ ގޮތަށް ކަމަށްވުމުން، އެ ޕްލާންޓުގެ ސަބަބުން ގޭތެރެ ހޫނުކޮށްދޭ ކަމަށެވެ. އެހެންވެ ހީޓަރުން ހޫނުކުރަން ދާ ކަަރަންޓުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަަމަށް އޭނާ ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ