
އައްޑޫ ސިޓީ ކައުންސިލުން ނަޑެއްލަ ކައުންސިލާ ބައްދަލުކުރައްވައިފި
# ގދ.ނަޑެއްލާ# އައްޑޫ ސިޓީ ކައުންސިލް141107855_2040215392787377_1159499785054182046_o
އައްޑޫ ސިޓީ ކައުންސިލުން ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލަ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން ދެ ކައުންސިލްގެ މެންބަރުން ވަނީ އެ ބޭފުޅުންގެ ތަޖުރިބާ ޙިއްސާކުރައްވައި، ރަށާއި ކައުންސިލްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލަގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ވަފުދުގައި 10 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި މަރަދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ފައިސަލް ފިޔަވައި، ކައުންސިލްގެ ދެން ތިއްބެވި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދު ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނީ 31 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ.