
އައްޑޫ ހުޅުދޫއާއި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# އައްޑޫ ސިޓީ ކައުންސިލް-
އައްޑު އަތޮޅުގެ ހިތަދޫއާއި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިި އެވެ.

މި މަޝްރޫއު ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އައްޑުއަތޮޅަށް އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެދެރަށަށް މިއަދު ވަޑައިގެން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތުގެ ޢަމަލީ ފެށުން ފާހަގަކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި އައްޑޫ ހުޅުދޫއާއި މީދޫ ދާއިރާގެ މެންބަރުންނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުދޫ އާއި މީދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢަކީ، ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން އިތުރުކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރުގެ މަގުތައް ބޭނުންކުރަން ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުންހުރި

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ހުޅުދޫއާއި މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މީދޫ އާއި ހުޅުދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން!





