ވެލިގާއިން ތިނަދޫގައި ބޭއްވި ރޯޑްޝޯވ ކާމިޔާބުކަމާއެކު ނިންމާލައިފި
ފަތުހުالله ޔާމީން ސައީދު
9/26/2022, 11:30:43 PM
_AMN0630
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާއިން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ރޯޑްޝޯވ މިރޭ ނިންމާލައިފިއެވެ.
ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ރޯޑްޝޯވގައި ވެލިގާ ހާޑްވެއާ އާއި ބްލެންކް ބައި ވެލިގާގެ ޕްރޮޑަކްޓުތައް ޝޯކޭސްްކޮށްފައިވެއެވެ. އަދި މި ތަކެތި ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ރޯޑްޝޯގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.
ރޯޑްޝޯވގެ މުއްދަތުގައި ވެލިގާގެ ޓީމުން ވަނީ ތިނަދޫއާއި ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާ ބައްދަލުކޮށްް، އެ ފަރާތްތަކަށް ވިޔަފާރީގެ ގޮތުން ވެލިގާއިން އެހީތެރިވެވިދާނެ ގޮތްތައް ބަލާފައެވެ.
މި ރޯޑްޝޯގެ އިވެންޓް މެނޭޖިންގ ޕާޓްނަރަކީ ހަވަރު ސްޕޯޓްސްއެވެ. ހޯސްޓް ޕާޓްނަރަކަށް ތިނަދޫ ކައުންސިލް ހަމަޖައްސާފައިވާއިރު އެސޯސިއޭޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫގެ ޓޭޑް ޖަމިއްޔާއެވެ. ފޮޓޯ އެންޑް ވީޑިއޯ ޕާޓްނަރަކަށް ގާފު މިޑިއާ ގްރޫޕު ހަމަޖައްސާފައިވާ އިރު ރީޖަނަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނި ގާފު އޮންލައިން އެވެ. ފުޑް އެންޑް ބެވަރޭޖަސް ޕާޓްނަރަކަށް ވޯޓާ ޑެކް އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާ ޓެކް ވަނީ ހަމަޖައްސާފައެވެ. މި އިވެންޓަކީ ގދ އަތޮޅު ކައުންސިލާއި ގދ ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ.
ރޯޑްޝޯވ ނިންމާލުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝޯވްގެ މުއްދަތުގައި އެ ޝޯވއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތަށް އިނާމު ހަވާލުކޮށްފައެވެ. އެ ފަރާތަށް ދީފައިވަނީ ޓޫލްކިޓެކެވެ.
ވެލިގާއިން ތިނަދޫގައި ބޭއްވި މި ރޯޑްޝޯވ އަކީ އެ ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯޑްޝޯތަކުގެ ތެރެއިން ރޯޑްޝޯވ އެވެ. އެ ކުންފުނިން ދެން ރޯޑްޝޯވ އެއް ބާއްވާނީ ހދ. ކުޅުދުށްފުށީގައެވެ. އެ ރޯޑްޝޯވ ބާއްވާނެ ތާރީޚެއް އަދި އެކުންފުނިން ހާމަ ނުކުރެ އެވެ.