
-
އިގުތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ސައުދީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ އޮތޯރިޓީގެ ގަވަރުނަރާއި އަދި ރިޔާޟު ޗެންބާގެ ޗެއާމަނާއި ބައްދަލުކޮށް ވިޔަފާރީގެ މަޝްވަރާތައް ކޮށްފިއެވެ.

"އަލްމުންޝާތު" (ސަޢުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީ) އަށް ކުރެއްވި ޒިޔާރަތުގައި, އެ އޮތޯރިޓީގެ ގަވަރނަރ އާ ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މަޢުލޫމާތު ގަވަރނަރ ދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމްކުރުމަށް ޓަކައި 5 އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލައްވާފައެވެ.

ރިޔާޟު ޗެމްބާރ އަށް ޒިޔާރަތް ކުރައްވައި ޗެމްބަރގެ ޗެއާމަން ޢަބްދުﷲ އަލް އުބައިކާން އާއި އެކު ބޭއްވި ބައްދަލުވުމުގައި, ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާއަކީ ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މުހިންމު މަޝްވަރާ ތަކެކެވެ.
ގުޅުންހުރި

ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި!

ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައިފި

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

.gif&w=3840&q=75)



