ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ހިފަހައްޓައިފި
މަރިޔަމް ޝާލިނީ
10/13/2022, 6:55:26 PM
l_2020_04_28_041121_1i9nyfwhs2g7xo3vpcr8lqkt64azu5edmjb_EN_
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާޢްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން ދަމަހައްޓައިފިއެވެ.
އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން މިއަދު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން އާންމުކޮށްފައެވެ. ފިޗުން ނެރުނު ރޭޓިންގައި ވަނީ މިދިޔަ އަހަރު ރާއްޖެއަށް ދިން 'ބީ މައިނަސް' ރޭޓިން ދަމަހައްޓާފައެވެ. މީގެމައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 9.5 އިންސައްތަ އަދި އަންނަ އަހަރު 7.5 އިންސައްތަ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ.
މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ރާއްޖެއާއި ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސް ހިސާބާއި މަޢުލޫމާތުގެ އިތުރަށް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ.
ފިޗް ރޭޓިންސްއިން ރާޢްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ.