logoEN
cocacola
އެމްބާޕޭއަށް ރެސްޓްދިނުމަށް ފްރާންސްގެ ކޯޗު ގޮވާލާއިފި

އެމްބާޕޭއަށް ރެސްޓްދިނުމަށް ފްރާންސްގެ ކޯޗު ގޮވާލާއިފި

އަހުމަދު މާހު

logo

9/25/2022, 10:10:10 PM

# ޑިޑިއަރ ޑެޝޯމްޕްސް# އެމްބާޕޭ# ޕްރާންސް ގައުމީ ޓީމް

ކިލިއަން އެމްބާޕޭއަށް ރެސްޓް ދިނުމަށް ފްރާންސްގެ ކޯޗު ޑިޑިއަރ ޑެޝޯމްޕްސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ މެނޭޖަރު ކްރިސްޓޮފް ގަލްޓިއަރއަށް ގޮވާލައިފިއެވެ.

ގޮސިޔާ

ފްރާންސްގެ މެނޭޖަރު އެމްބާޕޭއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަނީ އާދީއްތަ ދުވަހު ޑެންމާކާ ދެކޮޅަށް ނޭޝަންސް ލީގުގައި ކުޅޭ މެޗުގެ ކުރިންނެވެ. އޭނާ ވަނީ އެމްބާޕޭ ޕީއެސްޖީއަށް ކުޅޭ ވަގުތު ލިމިޓް ކުރުމަށް ގޮވާލާފައެވެ. އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ސްކޮޑާ ގުޅުމުގެ ކުރިން މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް 10 މެޗު ކުޅެފައެވެ.

"އަހަރެންނަށް އިނގޭ ޕީއެސްޖީގެ ކޯޗަށް އެމްބާޕޭ އަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން، އެމްބާޕޭ އަކީ ސްޓާ ޕްލޭޔަރެއް ނަމަވެސް އަހަރެން އެދެނީ ވޯލްޑްކަޕް މިހާ ކައިރިވެފައިވާ ވަގުތެއްގައި އެމްބާޕޭއަށް ރެސްޓް ދިނުމުގެ ގޮތުން ހުރިހާ މެޗެއްގައި ނުކުޅުވަން." ޑިޑިއަރ ޑެޝޯމްޕްސް ބުނެފައި ވެއެވެ.

ފްރާންސްގެ ކޯޗް ޑިޑިއަރ ޑެޝޯމްޕްސް ބުނެފައިވާގޮތުން އެމްބާޕޭ އަކީ ފްރާންސަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ވޯލްޑް ކަޕުގައި ފްރާންސްއަށް ކާމިޔާބު ހޯދުމަށް އެމްބާޕޭ ވަރަށް މުހިންމު ވާނެ ކަމަށެވެ. ގަތަރުގައި ބާއްވާ މުބާރާތަށް ސްޓައިކަރުން އެންމެ ޓޮޕް ފޯމުގައި ބޭނުންވާނެކަމަށްވެސް ޑެޝޯމްޕްސް ބުނެފައި ވެއެވެ.

އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އެ ޓީމަށް 28 ލަނޑު ޖަހައިދީފައެވެ. ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ފްރާންސް ބައްދަލުކުރާނީ ޑެންމާކްއާއި އެވެ. ޕީއެސްޖީ ދެން ލީގުގައި ބައްދަލުކުރާނީ ނީސްއާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ