logoEN
cocacola
ދިގު އިންތިޒާރަކަށްފަހު އެމްބާޕޭ ރެއާލް މެޑްރިޑްގެ ޖާޒީގައި ދައްކާލައިފި

ދިގު އިންތިޒާރަކަށްފަހު އެމްބާޕޭ ރެއާލް މެޑްރިޑްގެ ޖާޒީގައި ދައްކާލައިފި

އަހުމަދު ޝުރާއު

logo

7/16/2024, 2:29:27 PM

# އެމްބާޕޭ

--

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑަށް ރަސްމީކޮށް ސޮއިކޮށް އެކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ގޮސިޔާ

މިއަދު ރެއާލްގެ ރަސްމީ ދަނޑުކަމަށްވާ ސަންޓިއާގޯ ބަރނަބެއު ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްބާޕޭ މުޅި ދުނިޔެއަށް ދައްކާލީ 9 ނަމްބަރު ޖާޒީގައި އެވެ. ފުޓްބޯޅައިގެ މި ތާރީހީ ދުވަހު އެމްބާޕޭގެ ރެއާލްގެ ފުރަތަމަ ފެނިލުން ބަލާލުމަށް ރެއާލްގެ ދަނޑަށް އެކްލަބުގެ އެތައްހާސް ސަޕޯޓަރުން ވަނީ ޖަމާވެފައި އެވެ.

މިއަދު އެމްބާޕޭވަނީ ރެއާލްއާއި އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. އަދި މެޑިކަލް ވެސް ފުރިހަމަކޮށްފައެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލްއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރެއާލް މެޑްރިޑުން އެމްބާޕޭގެ ސޮއި ހޯދުމަށް 2017 ގައި ވެސް މަސައްކަތް ކުރި އެވެ. އަދި އޭރު މޮނާކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރި، (އޭރު އުމުރުން 18 އަހަރުގެ) އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އެ ކްލަބާ އެކު ވެސް ރެއާލުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް މޮނާކޯއިން ލޯނު އެއްބަސްވުމުގެދަށުން އޭނާ ޕީއެސްޖީ އަށް ދޫކޮށްލި އެވެ. ޕީއެސްޖީން، އެމްބާޕޭއާ އެކު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރުވީ ލޯނު އެއްބަސްވުމަށް އަހަރެއް ފަހުންނެވެ. އޭރު ސޮއި ކުރި އެއްބަސްވުން، ޖޫން 2022 ގައި ހަމަވާން ކައިރިވެފައި ވަނިކޮށް، އޭނާ ރެއާލަށް ބަދަލުވެދާނެ ކަމަށް ވަރަށް ބޮޑަށް މީޑިއާގައި ޚަބަރު ފެތުރުނެވެ.

ނަމަވެސް އެފަހަރު ރެއާލް މެޑްރިޑާއެކު އަނގަބަހުން އެއްބަސްވި ނަމަވެސް، ފަހުވަގުތު ގިނަ ބައެއްގެ ޕްރެޝަރާއެކު އެމްބާޕޭ ވަނީ އެ ނިންމުން ބަދަލުކޮށް ޕީއެސްޖީގެ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އައުކޮށްފައެވެ. އަދި މި އެއްބަސްވުން މިމަހުގެ 21 އަށް ހަމަވާނެއެވެ.

ރެއާލުން، އެމްބޭޕޭ އަށް މުސާރައިގެ ގޮތުގައި އަހަރަކު 13. 3 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުން، މުޅި އެއްބަސްވުމުގެ އަގުގެ ގޮތުގައި އިތުރު 108 މިލިއަން ޑޮލަރު (އެކި އަހަރުތަކަށް ބަހާލައިގެން) ރެއާލުން އޭނާ އަށް ދޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ