logoEN
cocacola
ތިނަދޫގައި ބާއްވާ ވެލިގާ ރޯޑްޝޯ މާދަމާ ފަށަނީ

ތިނަދޫގައި ބާއްވާ ވެލިގާ ރޯޑްޝޯ މާދަމާ ފަށަނީ

އަހުމަދު ޝުރާއު

logo

9/23/2022, 8:44:10 PM

# ވެލިގާ ރޯޑްޝޯ ތިނަދޫ# ވެލިގާ

Screenshot 2022-09-23 at 20.43.09

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ކުންފުނިން ތިނަދޫގައި ބާއްވާ ވެލިގާ ރޯޑްޝޯ މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

މާދަމާ ފަށާ މި ރޯޑްޝޯއަކީ މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ރޮޑްޝޯއެކެވެ. މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި އެވެ.

ވެލިގާ ރޯޑްޝޯ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 09:00 ގައި އެވެ.

މި ރޯޑްޝޯ ކުރިޔަށްދާ ގަޑިތަށް:

ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އަށް

ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް

ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ރޯޑްޝޯގައި ވެލިގާ ހާޑްވެރއާއި ބްލެންކް ބައި ވެލިގާގެ ބައެއް ޕްރޮޑަކްޓްތަށް ޝޯކޭސް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ޕްރޮޑަކްޓްތަކާއި ގުޅޭ އެންމެ ތަފްސީލީ މައުލޫމާތު ދިނުމަށް ވެލިގާގެ މުވައްޒަފުން މި ރޯޑްޝޯގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރޯޑްޝޯތަށް ކުރިޔަށް ދާނީ ދެ ކޮމްޕޮނެންޓެއްގެ ގޮތުގައި އެވެ. އެގޮތުން ވެލިގާގެ ޓީމުން ތިނަދޫއާއި ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާއި ވަކިން ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ދެވަނަ ކޮމްޕޮނެންޓެއްގެ ގޮތުގައި ކުރިޔަށް ދާނީ ފެރީ ޓާމިނަލް ސަރަހައްދުގައި ކަސްޓަމަރުންނާއި އެކު ކުރިޔަށް ދާ ހަރަކާތެވެ.

މި ރޯޑްޝޯގެ އިވެންޓް މެނޭޖިންގ ޕާޓްނަރަކީ ހަވަރު ސްޕޯޓްސްއެވެ. ހޯސްޓް ޕާޓްނަރަކަށް ތިނަދޫ ކައުންސިލް ހަމަޖައްސާފައިވާއިރު އެސޯސިއޭޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫގެ ޓޭޑް ޖަމިއްޔާއެވެ. ފޮޓޯ އެންޑް ވީޑިއޯ ޕާޓްނަރަކަށް ގާފު މިޑިއާ ގްރޫޕު ހަމަޖައްސާފައިވާ އިރު ރީޖަނަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނި ގާފު އޮންލައިން އެވެ. ފުޑް އެންޑް ބެވަރޭޖަސް ޕާޓްނަރަކަށް ވޯޓާ ޑެކް އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާ ޓެކް ވަނީ ހަމަޖައްސާފައެވެ. މި އިވެންޓް އެންޑޯސްކޮށްފައިވަނީ ގދ އަތޮޅު ކައުންސިލާއި ގދ ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިންނެވެ.

ވެލިގާ ރޯޑްޝޯއެެއް ރާއްޖޭގެ އުތުރުން ހދ ކުޅުދުއްފުށީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ރޯޑްޝޯ ބާއްވާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ