logoEN
cocacola
ވެލިގާއިން "ސަޓާ" ޓޫލްސް ރާއްޖެއަށް ތައާރަފްކޮށްފި

ވެލިގާއިން "ސަޓާ" ޓޫލްސް ރާއްޖެއަށް ތައާރަފްކޮށްފި

# ވިޔަފާރި# ވެލިގާ ހާޑްވެއަރ# ވެލިގާ

sata

ވެލިގާ ހާޑްވެއާ އިން މުޅި ދުނިޔެއަށްވެސް މަޝްހޫރު މެކޭނިކަލް ޓޫލްސްގެ ބްރޭންޑެއް ކަމުގައިވާ "ސަޓާ" ޓޫލްސް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ގޮސިޔާ

ސަޓާ ޓޫލްސް އަކީ އުޅަނދުފަހަރު މަރާމާތުކުރުމަށާއި ތަފާތު އެކި ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ މެކޭނިކަލް ޓޫލް ތަކެކެވެ. ސަޓާ އަކީ އެމެރިކާގެ އެޕެކްސް ޓޫލް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި މި ކުންފުންޏަކީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފުޅާވަމުން އަންނަ، އެންމެ ފެންވަރު ރަނގަޅު މެކޭނިކަލް ޓޫލްސް އުފައްދާ އެއް ކުންފުންޏެވެ.

އުމުރު ދުވަހުގެ ވޮރެންޓީއާއެކު 50 އަށް ވުރެ ގިނަ ގައުމުގައި ވިއްކަމުން އަންނަ ސަޓާ ޓޫލްސްއަކީ އެތަކެއް އިންޑަސްޓްރީ ތަކެއްގެ މާހިރުންގެ އިތުބާރު ލިބިފައިވާ ކޮލެޓީ މޮޅު ބްރޭންޑެކެވެ. އެގޮތުން އުފެއްދުންތެރިކަމާއި، މެކޭނިކަލް މަސައްކަތްތަކާއި، ސިނާއީ އެކި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު މި ބްރޭންޑަށް ވަނީ ލިބިފައެވެ.

ވެލިގާއިން ވަނީ ސާޓާގެ ފުލް ރޭންޖް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެގޮތުން "ސަޓާ" ބްރޭންޑުގެ އެންމެ ކުދި ޓޫލްސްއިން ފެށިގެން ބޮޑެތި ޓޫލްސްއާ ހަމައަށް އެކިކަހަލަ މެކޭނިކަލް ޓޫލްސް ވެލިގާގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ