logoEN
cocacola
ވެލިގާ ނެޓަށްލައިފި - މިހާރު ކޮންމެތާކު ހުއްޓަސް ވެލިގާއިން ވިޔަފާރިކޮށްލެވޭނެ

ވެލިގާ ނެޓަށްލައިފި - މިހާރު ކޮންމެތާކު ހުއްޓަސް ވެލިގާއިން ވިޔަފާރިކޮށްލެވޭނެ

# ވިޔަފާރި# ވެލިގާ

Screenshot 2022-04-04 at 00.00.13

ރާއްޖޭގައި ފުޅާ ދާއިރާއެއްްގައި ހާޑްވެއަރގެ ވިޔަފާރިކުރަމުން އަންނަ މަޝްހޫރު ވެލިގާ ހާޑްވެއަރގެ އީކޮމާސް ވެބްސައިޓް ލޯންޗުކޮށްފި އެވެ.

ގޮސިޔާ

ވެލިގާއިން ތައާރަފްކުރި މި ހިދުމަތާއެކު އެކުންފުނިން ވިއްކަމުން އަންނަ ހާޑްވެއަރގެ ސާމާނުތައް ކޮންމެ ތާކު ހުއްޓަސް ގަނެލެވޭނެ އެވެ. އަދި ވެބްސައިޓް މެދުވެކިކޮށް ކުރީބައިގައި އޯޑަރުކޮށް ފިހާރަތަކަށްގޮސް މުދާ ނެގޭނެ އިންތިޒާމް (ސްޓޯރ ޕިކްއަޕް) ވެސް ވަނީ ހަމަޖައްސާފައެވެ.

ވެބްސައިޓް ލޯންޗުކުރުމަށްފަހު ވެލިގާއިން ބުނީ، އެކުންފުންޏަކީ ހަމައެކަނި މާލޭގައި ހިދުމަތްދެމުން އަންނަ ކުންފުންޏެއް ނަމަވެސް އަލަށް ތައާރަފްކުރެވިގެން މިދިޔަ ވެބްސައިޓާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު އޯޑަރުކޮށް މުދާ ގަނެވޭނެކަމަށެވެ.

އަދި ވެބްސައިޓް މެދުވެރިކޮށް ރަށްރަށުން ވިޔަފާރިކޮށްލުމުން މުދާތައް ރަށު ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް ވެލިގާއިން ބުނެއެވެ. އަދި މާލެ އާއި ހުޅުމާލެއިން ނަމަ ގެއާ ހަމައަށް ޑެލިވަރީކޮށްދޭނެ ކަމަށް ވެލިގާއިން ބުނެއެވެ.

މި ވެބްސައިޓުން އޯޑަރުކުރާ ތަކެތި 2 ދުވަހުގެ ތެރޭގައި ލިބޭނެކަމަށާއި، މުސްތަގުބަލުގައި ވެބްސައިޓަށް ފީޗަރތައް އިތުރުކުރެވޭނެކަމަށެވެ. މިގޮތުން ''ޑިޖިޓަލް ރޯޑް'' މެޕް އެޑްކުރެވޭނެކަމަށް ވެލިގާއިން ބުނެއެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރ ސަރވިސްވެސް ލިބޭނެ ކަމަށް ކަމަށް ވެލިގާއިން ބުނެއެވެ.

ތަފާތު އެތައް މަޝްހޫރު ހާޑްވެއަރ ބްރޭންޑްތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ، ވެލިގާއިން ކުރިއަށް މި އެޅި ފިޔަވަޅާއެކު ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެލިގާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ