މަސް ނުކިރުމުން "ރަހާ" ދޯނިން މަސް ހަދިޔާކުރީ ފިޔޯރީއަށް
ފަތުހުالله ޔާމީން ސައީދު
9/22/2022, 12:19:58 PM
305928625-823324755758859-81132337822559302-n
މަސް ކިރުވާ ވަރު ލިމިޓް ކުރުމާ ގުޅިގެން ނުކިރުވި ބާކީ ހުރި މަސްކޮޅު އުކާލުމުގެ ބަދަލުގައި އައްޑޫއަށް ނިސްބަތްވާ "ރަހާ" ދޯނިން ގދ. ފިޔޯރީ ރައްޔިތުންނަށް މަސް ހަދިޔާކޮށްފިއެވެ.
"ރަހާ" ދޯނިން ބޭނި މަހުގެ ތެރެއިން ނުކިރުވި ބާކީ ހުރި މަސްކޮޅު، ފިޔޯރީގެ ރައްޔިތުންނަށް ހިލޭ ބަހަމުން ގެންދާ މަންޒަރު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަސް ހޯދުމަށް ބަނދަރުމައްޗަށް ނުކުމެފައެވެ.
Addu RAHAA dhoanin kandah, mas ukumuge badhalugai Fiyoaree ah ais rayyithunnah hiley mas bahanee....
Mi ee namoonaa eh pic.twitter.com/s6xcYUooYr
— Maldives Fishermen (@DhiMasverin) September 21, 2022
މިފަދަ ކަމެއް ދިމާވެފައި މިވަނީ ދެކުނަށް މަސްވެރިކަން ރަނގަޅުވެ ގިނަ ދޯނި ތަކަކުން ބޯކޮށް މަސް ބާނަމުން އަންނަ ދުވަސްވަރެއްގައި މަސް ގަންނަ ފަރާތްތަކުން ދޯންޏަކުން ވަކި ވަރެއް ކިރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާގުޅިގެން ގިނަ މަސްވެރިން ހިތް ހަމަނުޖެހުން ފާޅު ކުރަމުން އަންނަ އިރު، ބައެއް ދޯނި ފަހަރުން އަންނަނީ، ނުކިރުވޭ މަސްތައް ކަނޑަށްވެސް އުކާލަމުންނެވެ.
މި ވީޑިއޯ އާއްމު ވެފައި ވާއިރު، ވީޑިއޯ އަށް ކޮމެންޓު ކުރަމުން އަންނަ ގިނަ ފަރާތްތަކުން ދަނީ އެ ދޯނީގެ ފަޅުވެރިންނާއި ކައްޕި އަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އެހެން ދޯނި ތަކުންވެސް މަސް އުކާލުމުގެ ބަދަލުގައި ރަށެއްގެ ރައްޔިތުންނަށް ބެހުމަކީ މާ ފައިދާ ވާނެ ކަމެއް ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.