logoEN
cocacola
ނޫސްތަކުން ހަބަރު ނަގާކަށް މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

ނޫސްތަކުން ހަބަރު ނަގާކަށް މަޖިލީހަކަށް ނޭންގޭނެ: އެމްޖޭއޭ

# ރައްޔިތުންގެ މަޖިލިސް# އެމްޖޭއޭ

fc6k2g9amaajgog-1536x1025

ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ދިމާވި "ޓެކްނިކަލް" މައްސަލައަކާ ގުޅިގެން ލައިވް ކުރެވުނު ސިއްރު ކޮމިޓީއެއްގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނޫސްތަކުން ނަގަން މަޖިލިހުގެ އިދާރާ އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިއަދު ބުނެފިއެވެ.

ގޮސިޔާ

މަޖިލީހުގެ، ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމެޓީން އިއްޔެ ބޭއްވި ސިއްރު ބައްދަލުވުން "ޓެކްނިކަލް މައްސަލަ" އަކާ ގުޅިގެން ވަނީ ލައިވް ކުރެވިފައެވެ. ލައިވް ފީޑް ގަޑިއެއްހާއިރަށް ދެމިގެންދިޔައިރު އެ ކޮމެޓީގައި ދެކުވުނު ވާހަކަތަކަށް ބިނާކޮށް، ބައެއް ނޫސްތަކުގައި ހަބަރު ގެނެސްދީފައިވެއެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މަޖިލިހުން ވަނީ އެ ކޮމިޓީގައި ދެކެވުނު ވާހަކައިގެ މައްޗަށް ލިޔެފައިވާ ހަބަރުތައް ނެގުމަށް އަންގައިފައެވެ.

އިއްޔެ ބޭއްވި އެ އެ ކޮމިޓީގެ އެޖެންޑާއަކަށް އޮތީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާ ކުރުމެވެ. އެ މަޝްވަރާ ބައްދަލުވުމަށް އިމްރާން ވަނީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ އިދާރާއަށް ހެދުނު ގޯހެއްގެ ސަބަބުން އާންމުވި، އޯޑިއޯއެއްގެ މައްޗަށް ހަބަރު ލިޔެގެން އެ ހަބަރުތައް ނެގުމަށް މަޖިލީހުން އެންގުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، ގިނައިރު ތަކެއް ވަންދެން ކޮމެޓީ ލައިވްކުރި ކަމަށާއި ހަބަރުތައް ލިޔުމުގެ ކުރިން އެކަން އެގޮތަށް ނުކުރުމަށް އަންގާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ބެލުމުން އެނގޭ ގޮތުގައި ސިއްރު ކޮމިޓީތަކުގެ ސިއްރުކަން ހިފެހެއްޓުމާއި މައުލޫމާތުތައް ހާމަނުކުރުމަކީ މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަން އޮތް އިރު، ނޫސްތަކުގައި ޖެހި އެ ހަބަރުތައް ނެގުމަށް މަޖިލީހުުގެ އިދާރާއަށް ސީދާ ނޫސްތަކަށް އެންގިދާނެ ކަމަށް މި ޖަމްއިއްޔާއިން ގަބޫލެއް ނުކުރަމެވެ. --- އެމްޖޭއޭގެ ބަޔާން

އެފަދަ ކަންކަން ކުރިޔަށް ގެންދަން ޖެހޭނީ މީޑިއާ ކައުންސިލަށް ހުށަހަޅައިގެން ކަމަށާއި، ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ ލިޔުމެއް ނެގުމަށް ސީދާ އެ ނޫހަކަށް ނޭނގޭނެ ކަމަށް ބަޔާނުގައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ