
Addu-equatorial-hospital
އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގައިމުކުރަން ނިންމާފައިވާ ކެތު ލެބް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ކްރޮސްރޯޑްސްގައި މިހާރު ކުރިއަށްދާ އޭޑީކޭ ހޮސްޕިޓަލްގެ "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ގައި ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިނގަމުންދާ އިރު، އައްޑޫގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވި އެތަނުގެ ހިދުމަގތް ލިބެން ފަށާނެ ކަމަށެވެ.
އޭއީއެޗްގައި ކެތު ލެބެއް ހަދާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލި އިރު، ކެތު ލެބެއްގެ ހިދުމަތް ފަށަން ހޮސްޕިޓަލްގެ މިދިޔަ އަހަރުގެ ބަޖެޓްގައި ވެސް ހިމެނި އެވެ. ކެތު ލެބަކީ ހިތުގެ ބަލިތަކަށް ހާއްސަ ކްލިނިކެކެވެ.
އޭއީއެޗަކީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. މި ތަނުގެ ހިދުމަތް ފެށީ ޖެނުއަރީ 15، 2020 ގަ އެވެ.







