
ކާނަ ވިހަވެގެން ހާލު ދެރަވެ ފަރުވާ ދެމުންދިޔަ ދަރިވަރަކު ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް# އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް--
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެގެން އައިސީޔޫ އިން ވޯޑަށް ބަދަލުކުރި ދަރިވަރަކު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކާނާ ވިހަވުމުގެ ސަބަބުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.
ކާނާ ވިހަވުމާއި ގުޅިގެން މި ދަރިވަރުންނަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު އެންމެ ފުރަތަމަ އައިސީޔޫގައި 5 ދަރިވަރުންނަށް ވަނީ ފަރުވާދީފައެވެ. އެގޮތުން ފަރުވާދެމުން އައި ދަރިވަރުންގެ ތެރެއިން މިއަދާއި ހަމައަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އައީ ދެކުދިންނަށެވެ. އެގޮތުން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ފަހު ކުއްޖާ މިއަދު ވޯޑަށް ބަދަލުކުރި އިރު ވޯޑުގައި އޭރު ފަރުވާދެމުން ދިޔަ އިތުރު ކުއްޖަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެލ
މައުލޫމާތު ލިބޭގޮތުގައި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެންމެ ކުއްޖަކަށެވެ. އެކުއްޖާއަކީ މި ހާދިސާގައި އެންމެ ބޮޑަށް ހާލު ދެރަވި ކުއްޖާ ކަމަށް މައުލޫމާތު ލިބެއެވެ.ނަމަވެސް އެކުއްޖާގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
އެނގިފައިވާ ގޮތުގައި ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ.
ގުޅުންހުރި

ތިމަރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހިމަންދޫއާއި މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރަށް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫއިން ޒުވާނަކު ހައްޔަރުކޮށްފި

.gif&w=3840&q=75)



