logoEN
cocacola
ޔޯގާ މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ

ޔޯގާ މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ

އައިޝަތު އިފާޝާ

logo

9/21/2022, 4:45:08 PM

# ޔޯގާ ހަރަކާތް

l_2022_06_16_121607_ce8ua4ksow9pgb7rv13625iqljhxdtyzmnf_EN_

ޔޯގާއާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އިޖުރާއަތާ ހިލާފަށް ފުލުސް އޮފީހަށް ސިޓީއެއް ފޮނުވި މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގޮސިޔާ

އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީގެ ލީޑަރު އާދަމް ޝަރީފެވެ.

ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެސް އާދަމް ޝަރީފް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމަކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އާދަކުރާ މިންވަރު ބަލާ ކޮމިޓީ އަށް އާދަމް ޝަރީފް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، ރާއްޖޭގައި ޔޯގާ ހަރަކާތެއް ބާއްވަން ނުފެންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށް، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ސަރުކާރުން އެ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވުމުގެ ސަބަބު އެ ތަނުގެ މަސްލަހަތު ގެއްލި، ހަމަނުޖެހުންތައް ހިންގުމާއެކު، އެ މިނިސްޓްރީން ފޮނުވި ސިޓީ ފޮނުވީ އިޖުރައާތުތަކާ ހިލާފަށް ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ.

"ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަމެއްގައި، އާންމުން އިތުރަށް އޮޅުންއަރާ ގޮތަށް ސަރުކާރުގެ ވުޒާރައަކުން ފޮނުވާފައި ސިޓީއެއްގެ ޒިންމާ ނެގުމުގެ ބަދަލުގައި އެ ސިޓީ އަކީ އިޖުރައާތުތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ގެއްލޭ ފަދަ ކަންކަން ހިނގުމަށް މަގުފަހިވާ ކަމެކެވެ،" އެ ސިޓީގައިވެ އެވެ.

އެއީ އިސްލާމިކް މިނިސްޓްރީން، ގާނޫނީ ވާޖިބު އަދާކުރުމުގެ ބަދަލުގައި އެ މިނިސްޓްރީގައި ތިބޭ މީހުން ބޭނުންވާ ގޮތަކަށް ފަތުވާ ނެރުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ، އެ މައްސަލަ ބެލުމަށާއި އަދި އެކަމާ ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ އިދާރާ ޖަވާބުދާރީކުރުވުމަށް އާދަމް ޝަރީފު އެދިވަޑައިގަތެވެ.

އެ މައްސަލައިގައި ޖަވާބުދާރީކުރުވުމަށް އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ކޮމެޓީ އަށް ހާޒިރުކުރުވުމަށް ހުށަހެޅުއްވީ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. އެ ބޭފުޅުން ހާޒިރުކުރުވަން އެއްވެސް މެންބަރަކު އިންކާރުކުރައްވާފައި ނުވާތީ، އެގޮތަށް ކޮމެޓީން ނިންމީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ