logoEN
cocacola
ޝައިޚް ނިޝާންގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވާން އަންގައިފި

ޝައިޚް ނިޝާންގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވާން އަންގައިފި

އައިޝަތު އިފާޝާ

logo

9/19/2022, 5:45:46 PM

# ފުލުހުން# ޔޯގާ ހަރަކާތް

Nishan

ޔޯގާ ހުއްޓުވި ދުވަހު ހަމަނުޖެހުން ހިންގި މައްސަލައިގާ ޝައިޚް އާދަމް ނިޝާން ޕޮލިހަށް ހާޒިރުވާން އަންގައިފިއެވެ.

ގޮސިޔާ

މިކަން ހާމަކޮށް ނިޝާން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވާން މިއަދު އަންގާފައިވާކަމަށެވެ.

ޝެއިޚް ނިޝާންގެ އަޑުގެ ސާމްޕަލް ނެގުމަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާއިރު، މިއަހަރުގެ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން ޖޫން 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ޝައިޚް ނިޝާން ހައްޔަރުކުރުމަށްފަހު ޝަރުތު ތަކަކާއެކު ދޫކޮށްލީ މިދިޔަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގައެވެ.

ދޫކޮށްލުމަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ވަޑައިނުގަތުމާއި، ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމާއި، ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުމަށް ހިމެނެއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހިންގިދުވަހު ހިންގި ހަމަނުޖެހުންތަކުގައި ނިޝާން އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން ހަމަނުޖެހުން ހިންގި މީހުންނާ މުއާމަލާތްކޮށް އެކަމަށް ހިތްވަރު ދިނުމަށް ސޯޝަލްމީޑިއާގައި މަސައްކަތްކުރި ކަމުގެ ހެކިތައް ލިބިފައިވާ ކަމަށް ދައުލަތުންނާއި ފުލުހުން ވެސް ހައިކޯޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ